ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނަމިކް ޑިވެލޮޕްމެންޓް އޮފިސަރ

މަޤާމް:

އިކޮނަމިކް ޑިވެލޮޕްމެންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-295779

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

6,295.00 ރުފިޔާ 

ސަރވިސް އެލެވަންސް:

2000.00 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް 2:

700.00 ރުފިޔާ

އެހެނިހެން އެލަވަންސް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅު ފެންވަރުގައި އިޤްތިޞާދު ކުރިއެރުވުމަށާއި އިޤްތިޞާދަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައްކުރުން.
  2. އަތޮޅުގައި އިޤްތިޞާދީގޮތުން ކުރެވެންހުރި މަސައްކަތްތަކަށާއި ބޭނުންވާ ވަޞީލަތްތައް ހޯދައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  3. އަތޮޅުގެ ރައްޔިތުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރުމުގެ މަގު ފަހިކޮށްދީ ސަރުކާރުން ލުއިލޯން ލިބޭނެމަގު ތަނަވަސްކޮށްދިނުން.
  4. އަތޮޅުގައިހުރި ދުރަށްއަލިފޮނުވައިދޭ ބައްތިތަކާއި، ނެރުބައްތިތަކާއިބެހޭ ކަންތައްތައް ކުރުން. 
  5. އޮއިވާލި ކަނދުފައްޗާއި ބެހޭ ކަންތައްތައް ކުރުން.
  6. އަތޮޅުކައުންސިލުން ކިޔާ ނީލަމާބެހޭ ކަންކަން އެކަމަށް ކަނޑައެޅިފައި އޮންނަ ޤަވާޢިދުތަކާ އެއްގޮތަށް ކުރުން.
  7. ބިޑް ޑޮކިއުމެންޓްތައް ތައްޔާރުކުރުމާއި، ބިޑް އިވެލުއޭޝަން ކޮމިޓީގެ އެހީގައި ބިޑްތައް އިވެލުއޭޓް ކުރުން.   
  8. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އުޅަނދުފަހަރުގެ ޚިދުމަތްތައް ތަރައްޤީކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ރާވާ ބެލެހެއްޓުން 
  9. ރައްޔިތުންގެ ތަރައްޤީއަށްޓަކައި ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައިކުރެވޭ މަސައްކަތްތައް ކުރުން.  
  10. ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރާވައި ހިންގުމާއި ދޭދޭ ފަރުދުންގެ އާމްދަނީ އިތުރުކުރުމަށްވެސް ކުރެވެންހުރި ކަންތައްތައް ބަލައި ޕްރޮގްރާމްތައް ހިންގުން.
  11. އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުލަބް ޖަމްޢިއްޔާތަކާއި ޖަމާޢަތްފަދަ ތަންތަނުން ކުރާ މަސައްކަތްތަކަށް އެހީތެރިވުން.
  12. އިޤްތިޞާދީ ތަރައްޤީއާއި ގުޅޭ މަސައްކަތްތައް ރާވާ ހިންގުން
  13. އަތޮޅު ރައްޔިތުންގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ރާވައި، ހިންގޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން.
  14. އިދާރީ ދާއިރާގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އެހެނިހެން ޞިނާޢަތްތައްކުރިއެރުވުމަށް އެހީތެރިވުމުގެ ވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  15. އަތޮޅުގައި ކުޅޭ އެކިއެކި ޘަޤާފީ، ކުޅިވަރުތައް ދިރުވައި އާލާކުރުމުގައި ކްލަބް ޖަމިއްޔާތަކާއި ގުޅިގެން މަސައްކަތްކުރުމާއި އެފަދަ ފަރާތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުން.
  16. ޔައުމިއްޔާ ލިޔުމަށް އެޑްމިނިސްޓްރޭޝަން، އެޗް.އާރ އެންޑް އިންފޮމޭޝަން ޔުނިޓަށް ބޭނުންވާ މަޢުލޫމާތު ދިނުން
  17. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ކައުންސިލަށް އާމްދަނީ ލިބޭ އިމާރާތްތައް ވިޔަފާރި އުޞޫލުން ހިންގުމާއި ބެލެހެއްޓުން
  18. ޔުނިޓަށް ހުށަހެޅޭ ސިޓީ، މެސެޖްފަދަ ތަކެތި ބަލައިގަތުމާއި، ޔުނިޓްގެ އެންޓްރީ ބެލެހެއްޓުން
  19. ޔުނިޓުން ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ތަކެތި ލިޔުން.
  20. ޔުނިޓްގެ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން
  21. ޚާއްޞަ ވާޖިބުތަކުގެ އިތުރުން މުޅި ކައުންސިލަށް ދިމާވާ، ކުއްލި އިމަޖެންސީ ކަންކަމާއި އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން
  22. ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ އެހެން ސެކްޝަނެއް / ޔުނިޓެއްގެ މަސައްކަތްތައް ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން
  23. ޔުނިޓްގެ އެހެން މުވައްޒަފަކާ، ދިމާވާ ކަމަކާ ގުޅިގެން އެމުވައްޒަފެއްގެ މަސައްކަތް ވަގުތީގޮތުން ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތެއް ކުރުން
  24. އަދި މިނޫނަސް ކައުންސިލުން ޙަވާލުކުރާ މަސައްކަތް ކުރުން

މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމެންޓް  ނުވަތަ  އިކޮނޮމިކްސް އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

             

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 (ހ) ދައުލަތުގެ މުއްއަސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީގެ މުއްދަތާއި، ވަޒީފާ ގެމަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން  ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާ ގެމަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން:

40%

        * ލިބިފައިވާ ތަޢުލީމް (35%)

 

        * ލިބިފައިވާ ތަޢުލީމް (5%)

 

  • ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނަށް

5%

  • މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

15%

  • ލިބިފައިވާ ހުނަރު (އިންޓަރވިއު)

40%

*ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބޭ ޕޮއިންޓްގެ ޖުމްލަ %45 (ސާޅިސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެމްބަރ 2018 ގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6620043 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 ނޮވެމްބަރ 2018 އާއި 22 ނޮވެމްބަރ 2018 އާ ދެމެދު، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ އިތުރުވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވިދާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620116 ނުވަތަ 6620120 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6620043 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

31 އޮކްޓޫބަރު 2018
ހޯދާ