Department of Higher Education
Maldives
ބަންގްލަދޭޝްގެ މެޑިކަލް އެންޑް ޑެންޓަލް ސްކޮލަރޝިޕް 2018/2019

Cancelled on 30 October 2018 11:23


ބަންގްލަދޭޝްގެ މެޑިކަލް އެންޑް ޑެންޓަލް ސްކޮލަރޝިޕް 2018/2019

ލިސްޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.

ޔުނިވަރސިޓީ

ބަންގްލަދޭޝް    

ޤައުމު:

ބެޗްލަރސް ޑިގްރީ

ލެވެލް:

-   06 އެމް.ބީ.ބީ.އެސް ފުރުޞަތު

-   01 ބީ.ޑީ.އެސް ފުރުޞަތު

ކޯހުގެ އަދަދާއި ނަން.

ކޯސްތައް އޮފަރ ކުރާ ޔުނިވަރސިޓީތަކުގެ ލިސްޓެއް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ. ކޯސްތަކާއި ގުޅޭ މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓްތަކުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

ކޯސްތަކާއި ގުޅޭ އިތުރު މަޢުލޫމާތު.

 

ބެޗްލަރސް ޑިގްރީގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާގުޅޭ މާއްދާތައް ހިމަނަންވާނެއެވެ).
  2. އެމް.ބީ.ބީ.އެސް، ބީ.ޑީ.އެސް ކޯހަށް ހުށަހަޅުއްވާ ދަރިވަރުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ކަނޑައަޅާފައިވާ ޖީ.ސީ.އީ އޭ ލެވެލް ޝަރުތު ފުރިހަމަވާންވާނެއެވެ.
  3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.  ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓު މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި  ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

- މި އިޢުލާންގެ ޝަރުތެއް ފުރިހަމަ ނުވާ ބޭފުޅަކަށް ފުރުޞަތު ލިބިވަޑައިގަންނަވާނީ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" އިންނެވެ.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

-      ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

-      ޕާސްޕޯޓްގެ ކޮޕީ

-      ސްކޫލް ލީވިންގ ސެޓްފިކެޓް (ގްރޭޑް 10 އަދި ގްރޭޑް 12ގެ)

-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-      ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

-      ޚިދުމަތްކުރުމަށް ބޮންޑެއް އޮތްބޭފުޅެއްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

-      އެދިލައްވާ ކޯހާއި ގުޅޭގޮތުން، ޔުނިވަރސިޓީން އެދިލައްވާފައިވާ ލިޔުންތައް.

-      އެމް.ބީ.ބީ.އެސް، ބީ.ޑީ.އެސް ކޯހަށް ޝަރުތު ހަމަވާކަމަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދީފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

-         މިސްކޮލަރޝިޕަށް ނޮމިނޭޓްކުރާ ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ،  ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތުންނެވެ.

-         މި ސްކީމުގެ ދަށުން ހުޅުވާލާފައިވާ ކޯސްތަކަކީ، ސާކު ގައުމުތަކަށް ޑިސްކައުންޓެޑް ރޭޓްގައި ކޯސް ފީ ހަމަޖެހިފައިވާ ކޯސްތަކެކެވެ.

-          މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް، ކޯސް ފީއާއި، ސްޓައިޕެންޑާއި، ދެކޮޅު ޓިކެޓް އަދި ކޯހުގެ އެހެނިހެން ޚަރަދު ހަމަޖައްސަންޖެހެނީ ދަރިވަރުން އަމިއްލައަށެވެ. އަދި މި ސްކޮލަރޝިޕް ގެ ދަށުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް އެދިވަޑައިގަންނަވާނަމަ، މިޑިޕާޓްމަންޓް މެދުވެރިވެގެން ލޯނު ހަމަޖައްސައިދެވޭނެއެވެ.

-         މި ޑިޕާޓްމަންޓުގެ ލޯނު ސްކީމުގެ ދަށުން ކިޔެވުމަށް ލޯނު އެހީ ހަމަޖެހިފައިވާ، އަދި އެއްވެސް ޕޭމަންޓެއް ބޭނުންނުކުރާ ދަރިވަރުންނަށްވެސް ކުރިމަތިލެވޭނެއެވެ.

-         މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ހުށަހަޅުއްވަންވާނީ އެންމެ އެޕްލިކޭޝަން އެކެވެ.

-         މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓްކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއްނުދެވޭނެއެވެ.

-         ކޯސް ފުރިހަމަކުރެއްވުމަށްފަހު، މި ޑިޕާޓްމަންޓުން ކަނޑައަޅާތަނެއްގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

-         ކޯހަކަށް އެދިހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި ޑިޕާޓްމަންޓުން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

-         ކޯހަށް ނޮމިނޭޓްވެއްޖެކަން މި ޑިޕާޓްމަންޓުން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.

-         މި އިއުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެވިގެންވެއެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކުރައްވައި،  ފުރިހަމަކުރެއްވުމަށް ފުރުސަތު އެރުވުމުގެ ގޮތުންނެވެ. އަދި އޭގެފަހުން އެޕްލިކޭޝަން ހުށަހެޅުއްވުމުން އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން ފުރިހަމަކުރެއްވުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީއެވެ.

-         އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުކަރުދާހުގެ ދެފުށުގައި ލިޔުމެއް/ނިޝާނެއް ފަދަ އެއްޗެއް ހިމެނޭނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

-         ކޯހަށް ނޮމިނޭޓްވާ، ބޭފުޅުންނަށް ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި ޑިޕާޓްމަންޓުން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

-  އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި ޑިޕާޓްމަންޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

-  ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް މުހިއްމު މަޢުލޫމާތު އެކުލެވޭ، ސްޕެޝަލް ކްރައިޓީރިއާއާއި،  އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ދަރިވަރުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ބްލެކްލިސްޓް ކުރާ ގޮތާއި، ސަޕްލިމަންޓްރީ ލޯން ދޭ ގޮތާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި ޑިޕާޓްމަންޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2018 ނޮވެމްބަރ 05 ވާ ހޯމަ  ދުވަހުގެ 10.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މިވެބްސައިޓުން  http://www.dhe.gov.mv/ އަދި 3341383 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

29 October 2018
ހޯދާ