އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނުފަރާތު ހޭޅިމަތީގައިވާ ރުއްތަކާއި ސިއްހީމަރުކަޒު ކުރިމަތީގައިވާ ބިމުގައިހުރި ރުއްތައް ސިޓީލާ ނީލަމުން ކުއްޔަށް ދޫކުރުން

            މިރަށު ސަހަރާގެ ހުޅަނގު ދެކުނު ކަނުންފެށިގެން އިރަށް ދެކުނުފަރާތު ހޭޅިމަތީގައިވާ އެންމެހާ ރުކާއި މިރަށު ދިގުމަގާއި އާމިނާ ރަނިކިލެގެ މަގު ގުޅޭ ކަންމަތީގައިވާ ހުސްބިމުގައިވާ އެންމެހާ ރުކާއި މިރަށު ބަށިކޯޓުގެ އިރުމަތީ ހުސްބިމުގައިވާ އެންމެހާ ރުކާއި މިރަށު ސިއްހީ މަރުކަޒްގެ ކުރިމަތީގައިވާ ހުސްބިމުގައި ހުރި އެންމެހާ ރުކާއި މިރަށު އޮޑިދޯނިފަހަރު އެހިލުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައިހުރި އެންމެހާ ރުއް 3 (ތިނެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.

            މިރުއްތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސިޓީލާ ނީލަމުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ ރުއްތަކުގެ ކުލި މީލާދީ އަހަރަކަށް -/2000ރ (ދެހާސްރުފިޔާ) އެވެ. މިނީލަމަށް ފަހަރަކު މަދުވެގެންއިތުރުކުރެވޭނީ -/1000ރ (އެއްހާސް ރުފިޔާ) އެވެ. ކޮންމެ ދުވަހަކުވެސް އޮފީސް ބަނދުކުރާއިރު އެދުވަހަކު ހުށަހަޅާފައިވާ އެންމެމަތީއަގު ކައުންސިލްގެ އިދާރާ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ޖެހިޖެހިގެން ސަރުކާރު ބަންދު ނޫން 3 ދުވަހު އެއް އަގު އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ކާމިޔާބުވީކަމުގައި ނިންމޭނެއެވެ. 3 ދުވަސްގުނުމުގައި ސިޓީލާ ދުވަސް ނުހިމެނޭނެއެވެ.

            މިރުއްތަށް ކުއްޔަށް ނަގާ ފަރާތުން ރުއްތަކުން އުފެދޭ ކުނި ނައްތާލުމަށް ކުނީ ފީގެ ގޮތުގައި މީލާދީ އަހަރަކަށް -/1000ރ (އެއްހާސް ރުފިޔާ) މިކައުންސިލްގެ އިދާރާ އަށް ދައްކަން ޖެހިވަޑައިގަންނަވާނެއެވެ.   

            ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ. 

28 އޮކްޓޫބަރު 2018
ހޯދާ