ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫގައި ހުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ކެޓަގަރީ A ގެ ދަށުން ހައުސިންގ ޔުނިޓްތައް ލިބިފައިވާ ފަރާތްތަކުގެ ބަންޑާރަ ގޯތިތައް ދޫކޮށްލުން

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ހައުސިންގ ޔުނިޓްތައް ލިބިވަޑައިގެންފައިވާ ދިއްދޫގެ ރައްޔިތުންގެ ނަމުގައި ދިއްދޫގައާއި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ބަންޑާރަ ގޯއްޗެއްވާނަމަ، އެ ގޯތި ދޫކޮށްލެއްވުމަށް އެ ފަރާތްތަކުން ދިއްދޫ ކައުންސިލަށް ހުށަހަޅުއްވާފައިވާ ފޯމްގެ 4 ވަނަ ބައިގެ، 9 ވަނަ ނަމްބަރުގައި ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. އެހެންނަމަވެސް، އެ ފަރާތްތަކުން މިއަދާ ހަމައަށް ވެސް އެ ފަރާތްތަކުގެ ގޯތިތަކުގެ ރަޖިސްޓްރީތައް ބާޠިލްކުރުމަށްޓަކައި މި ކައުންސިލަށް ހުށަހަޅުއްވާފައެއް ނުވެއެވެ.

ވީމާ، ދިއްދުއިން ހައުސިންގ ޔުނިޓްތައް ލިބިވަޑައިގެންފައިވާ އަދި އެ ފަރާތްތަކުގެ ނަމުގައި ބަންޑާރަ ގޯއްޗެއް އޮތް އެންމެހައި ފަރާތްތަކުން އެ ގޯތިތަކުގެ ރަޖިސްޓްރީ (ބިމުގެ ރަޖިސްޓްރީ ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ) ގެ އަސްލު 29 ނޮވެންބަރ 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ދިއްދޫ ކައުންސިލްގެ އިދާރާއާ ހަވާލުކޮށްދެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ދިއްދޫ ކައުންސިލާ ޙަވާލު ނުކުރައްވާ ހުރި އެންމެހައި އެ ފަދަ ގޯތިތަކުގެ ރަޖިސްޓްރީތައް ދިއްދޫ ކައުންސިލުން ބާޠިލްކުރާނެ ވާހަކަ ދެންނެވީމެވެ. 

28 އޮކްޓޫބަރު 2018
ހޯދާ