މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ ބ. މެންދޫ ސަރަހައްދުގެ ދިރުންތަކާއި ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން

އިޢުލާން

ޤާނޫނު ނަންބަރު 4/93 )ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 5  ޖޫން 2011 އިން ފެށިގެން ޙިމާޔަތްކޮށްފައިވާ ބ. މެންދޫ ސަރަހައްދުގެ ދިރުންތަކާއި ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދާނީ،  ޤުދުރަތީ ނުވަތަ ޠަބަޢީ ގޮތުން ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު (ގަވައިދު 2018/R-78) ގައި ބަޔާންކޮށްފައިވާ ފަދައިން، މިއުޢުލާނާއެކު ގެޒެޓް ކޮށްފައިވާ ބ. މެންދޫ ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ މެނޭޖްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ހަމަޖައްސައި، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

                              19 ޞަފަރު 1440

                              28 އޮކްޓޯބަރ 2018

28 އޮކްޓޫބަރު 2018
ހޯދާ