މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'އެސްޓެބްލިޝިންގ އެންޑް ސްޓްރެންތަނިންގ ނޭޝަނަލް ޑެޒިގްނޭޓަޑް އޮތޯރިޓީ (އެން. ޑީ. އޭ.) އެންޑް ޑިވެލޮޕިންގ ސްޓްރެޓީޖިކް ފްރޭމްވާރކް ފޯ އެންގޭޖްމަންޓް ވިތު ދަ ޖީ.ސީ.އެފް. އިން ދަ މޯލްޑިވްސް' މަޝްރޫޢުގެ ދަށުން ކޮންސަލްޓަންޓެއް ހޯދުން (ދެވަނަ އިޢުލާން)

އިޢުލާން

'އެސްޓެބްލިޝިންގ އެންޑް ސްޓްރެންތަނިންގ ނޭޝަނަލް ޑެޒިގްނޭޓަޑް އޮތޯރިޓީ (އެން. ޑީ. އޭ.) އެންޑް ޑިވެލޮޕިންގ ސްޓްރެޓީޖިކް ފްރޭމްވާރކް ފޯ އެންގޭޖްމަންޓް ވިތު ދަ ޖީ.ސީ.އެފް. އިން ދަ މޯލްޑިވްސް' މަޝްރޫޢުގެ ދަށުން ކޮންސަލްޓަންޓެއް ހޯދުން (ދެވަނަ އިޢުލާން)

ސުރުޚީގައި ދެންނެވިފައިވާ ޕްރޮގްރާމަކީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، މިކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް އަދި މިދާއިރާގެ ހިންގުން ހަރުދަނާ ކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ރާއްޖެއަށް ހިލޭއެހީ ހޯދުމަށް އިތުރަށް މަގުފަހިކުރުމުގެ ގޮތުން ގްރީން ކްލައިމެޓް ފަންޑް (ޖީ. ސީ. އެފް.) އާ ގުޅިގެން މަސައްކަތް ކުރުމަށް ހިންގޭ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ގްރީން ކްލައިމެޓް ފަންޑަށް ރާއްޖެއިން ކަނޑައަޅާފައިވާ ނޭޝަނަލް ޑެޒިގްނޭޓަޑް އޮތޯރިޓީ (އެން. ޑީ. އޭ.) ގެ ގޮތުން މި މިނިސްޓްރީން ކުޅެންޖެހޭ ދައުރުއަދާ ކުރުން މިހާރަށް ވުރެ ހަރުދަނާކުރުމަށާއި، ރާއްޖޭގެ ފަރާތުން ޖީ.ސީ.އެފް. ގެ އެހީ ހޯދާނެގޮތް ޕްލޭންކުރުމަށް ސްޓްރެޓީޖިކް ފްރޭމްވާރކެއް ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް (ޓާރމްސް އޮފް ރެފަރަންސްގައި ބަޔާން ކޮށްފައިވާގޮތަށް) ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)438-CCD/438/2018/247 އިޢުލާނުން އެކަށީގެންވާ އަދަދަކަށް ޕްރޮޕޯސަލް ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކުރާނެ ކޮންސަލްޓަންޓެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

ހުށަހަޅަށްޖެހޭ ތަކެތި:

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ސިޓީ)
  • ކޮންސަލްޓަންޓްގެ ވަނަވަރު
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ރެފަރެންސް ސިޓީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ
  • މަސައްކަތް ކުރުމަށް ހުށަހަޅާ މެތޮޑޯލޮޖީ
  • މަސައްކަތުގެ އަގު

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  08 ނޮވެންބަރު 2018 ވަނަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 

 އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

25 އޮކްޓޫބަރު 2018
ހޯދާ