މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ބޭނުމަށް ތަކެތި ގަތުމަށް

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެބޭނުމަށް ތަކެތި ގަތުމަށް

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމަށް މިމިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުލަކަތޮޅު (މ)، ނިލަންދެއަތޮޅު އުތުރުބުރި (ފ) އަދި ނިލަންދެއަތޮޅު ދެކުނުބުރި (ދ) ހިމެނޭ ޒޯން  4 ގެ ސަރަޙައްދާއި، ކޮޅުމަޑުލު (ތ)، އަދި ހައްދުންމަތި (ލ) ހިމެނޭ ޒޯން5 ގެ ސަރަޙައްދު އެއްކޮށްލައިގެން، ސަރަޙައްދީ ފެންވަރުގައި ކުނިމެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ވާރލްޑް ބޭންކްގެ ހިލޭ އެހީގައި ކުރިއަށްގެންދާ "ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" (އެމް.ސީ.އީ.ޕީ) ގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ ތަކެތި ގަންނަން ބޭނުންވެއެވެ.

މި މަސައްކަތުގެ "ޑޮކިއުމަންޓް" ޑައުންލޯޑު ކުރެވޭ ގޮތަށް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. 

އަދަދު

ނަން

06 ފިލާ

އެމް. އެސް. ޕްލޭޓް – 8mm – 4 ފޫޓް 8 ފޫޓް

55 މީޓަރު

ކޭބަލް – 35mm – 3 ފޭސް – 4 ކޯރ

ބީލަން ހުޅުވުން

އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 01 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓްގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އަހުމަދު ނިޒާމް

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

25 އޮކްޓޫބަރު 2018
ހޯދާ