ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރައިންދޭ ޚިދުމަތްތަކުން އަގު ނެގުމާއިބެހޭ

 01 ނޮވެމްބަރު 2018 އިން ފެށިގެން މިއިދާރައިންދޭ ބައެއްޚިދުމަތްތަކުން އަގު ނަގާގޮތަށް މިކައުންސިލްގެ  ނަންބަރު 39/2018 ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. އަދި އަގު ނަގާނެ ޚިދުމަތްތަކާއި ، އަގުތައް ތިރީގައި އެވަނީއެވެ.އަގުތައް ކަނޑައަޅާފައި އެވަނީ ލިޔުމުގައި ޖަހަން ޖެހޭ ސްޓޭޕްގެ އަގު ނުހިމަނައެވެ. 

#

ޚިދުމަތް

އަގު

01

އޮޑިދޯނިފަހަރުގެ ސަލާމަތީ ހެއްދުމަށް ކޮންމެ ސެޓްފިކެޓަކަށް

-/50 ރުފިޔާ

02

މަސްވެރިކަމުގެ ލައިސަންސް ކޮންމެ ލައިސަންސަކަށް

-/50 ރުފިޔާ

03

އުފަންދުވަހުގެ ރަޖިސްޓްރި އަލަށް ހެއްދުމަށް    

-/25 ރުފިޔާ

04

އުފަންދުވަހުގެ ރަޖިސްޓްރި ގެއްލިގެން  ހެއްދުމަށް

-/30 ރުފިޔާ

05

ގޯތީގެ ރަޖިސްޓްރީ އަލަށް ހެއްދުމަށް 

-/25 ރުފިޔާ

06

ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެއްދުމަށް

-/50 ރުފިޔާ

07

އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލަށް ހެއްދުމަށް

-/50 ރުފިޔާ

08

އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެއްދުމަށް

-/75 ރުފިޔާ

09

ރަށްވެހިންގެ ރަޖިސްޓްރީ އަލަށް ހެއްދުމަށް

-/25 ރުފިޔާ

10

ރަށްވެހިންގެ ރަޖިސްޓްރީ ގެއްލިގެން ނުވަތަ ހަލާކުވެގެން އާކުރުމަށް

-/50 ރުފިޔާ

11

އައި.ޑީ ކާޑު ހެއްދުމަށް ކޮންމެ ކާޑަކަށް

-/25 ރުފިޔާ

12

ސެޓްފިކެޓްތަކާއި ލިޔުންތައް އެޓެސްޓް ކުރުން ކޮންމެ ކޮޕީއަކަށް

-/2 ރުފިޔާ

         ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2018
ހޯދާ