މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ.ޑީ.އެސް އަށް ދޫކޮށްފައިވާ އޮޑިއެހެލާ ސަރަހައްދުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން:

އިޢުލާން

އޭ.ޑީ.އެސް އަށް ދޫކޮށްފައިވާ އޮޑިއެހެލާ ސަރަހައްދުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން:

 

މިކައުންސިލުން އަލިފުށި ޑިވެލޮޕްމަންޓް ސޮސައިޓީ (އޭ.ޑީ.އެސް) އަށް ދޫކޮށްފައިވާ މިރަށު އިރުއުތުރު އޮޑިއެހެލާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ނުވަތަ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.

އެހެންކަމުން، މިސަރަހައްދުގައިހުރި ރުއްގަހުގެ ވެރިފަރާތްތަކުން 31 އޮކްޓޯބަރު 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ނަން ނޯޓް ކުރެއްވުމަށް އެދި ދެންނެވީމެވެ. އަދި މި ތާރީޚާއި ހަމައަށް އެއްވެސް މައުލޫމާތެއް މިއިދާރާއަށް ނުލިބޭ ރުއްގަހަކީ ވެރިފަރާތެއް ނެތް ތަކެތި ކަމުގައި ބަލައި އެތަކެތި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

 ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

13 ޞަފަރު 1440

22 އޮކްޓޯބަރު 2018

22 އޮކްޓޫބަރު 2018
ހޯދާ