ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

                                                ނަންބަރ: IUL)242/242/2018/32)

އިޢުލާން

 މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އޮކްޓޫބަރ2018 ވާ އަންގާރަ ދުވަހުގެ4:00 1 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

03

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެވެކެވެ. މިވަޒީފާއަކީ ސިވިލްސަރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް:

މުސާރަ: 3100.00 ރުފިޔާ.

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ.

ޑިއުޓީއަށް ނުކުން ކޮންމެ ދުވަހަކަށް: 19.23 (ނަވާރަ ރުފިޔާ ތޭވީސްލާރީގެ ރޭޓުން) ޖުމްލަ: 500.00 ރުފިޔާ.

މަސައްކަތް ކުރަންޖެހޭ ގަޑި:

ޑިއުޓީ އުޞޫލުން މި އިދާރާއިން ކަނޑައަޅާ ޑިއުޓީ ތާވަލާއި އެއްގޮތައް ގިނަވެގެން ކޮންމެ ދުވަހަކަ 8 ގަޑިއިރުގެ ޑިއުޓީއެކެވެ.

(ކޮންމެ ހަފްތާއަކު އޮފް ދުވަހުގެ ގޮތުގައި 1 ދުވަސް ލިބޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ  ގދ. ތިނަދޫ

ތަޢުލީމީ ފެންވަރު:

1-      ގްރޭޑް 7 ނިންމާފައިވުން

ނުވަތަ

2-      ސެކިއުރިޓީ ބެލެހެއްޓުން ނުވަތަ ވޮޗަރުކަން ކުރުރުން ނުވަތަ ގާރޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.

 

މަޤާމަށް ބޭނުންވާ ހުނަރު:

  1. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށް ވުން.
  2. ޑިއުޓީގެ ގޮތުގައި ރޭގަނޑާއި ދުވާލު މަސައްކަތްކުރެވޭނެ ފަދަ ޞިއްޙަތެއް ހުރުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

1-      އަތޮޅުކައުންސިލް އިދާރާގެ އިމާރާތާއި ގޮތީގެ ސަރަހައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.

2-      އަތޮޅުކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުން.

އުޖޫރައާއި އިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު

2. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ:

4- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން (އެޓެސްޓް ކުރެވިފައިވާ)

އިތުރު މަޢުލޫމާތު

މިއުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6841032 ނަންބަރު ފޯނާއެވެ.

01 ސަފަރު 1440

10 އޮކްޓޫބަރ 2018

 

 

 

                                                    މުޙައްމަދު ނާސިޙް ރަޝީދު

                                             ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ރައީސް

10 އޮކްޓޫބަރު 2018
ހޯދާ