އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ހުއްދަ ނެތި ރުއްގަސް ކެނޑުމާއި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި އެއްގޮތަށް މަސައްކަތް ނުކުރުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމާއި ބެހޭ ރިޕޯޓު ހުށަހަޅަމުން ނުގެންދިޔުން

                          

އިޢުލާން

   203-EIARES/1/2018/1 ނަންބަރު: 

                                     

ހުއްދަ ނެތި ރުއްގަސް ކެނޑުމާއި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި އެއްގޮތަށް މަސައްކަތް ނުކުރުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމާއި ބެހޭ ރިޕޯޓު ހުށަހަޅަމުން ނުގެންދިޔުން

ފަހަކަށް އައިސް މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، އިޤްތިސާދީ އެކި އެކި މަސައްކަތްކުރުމަށް ދޫކުރެވިފައިވާ ރަށްތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާކަން މިއެޖެންސީއަށްވަނީ ފާހަގަކުރެވިފައެވެ. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު 4/93 ގެ ދަށުން އެކުލަވާލާފައިވާ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ޤަވާއިދުގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކަން ކުރެވޭނީ މިއެޖެންސީގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ހުއްދަ ނުނަގާ މިކަން ކުރަމުން ގެންދާ ފަރާތްތައް މިއެޖެންސީން މިގެންދަނީ މޮނިޓަރކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

 "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވައިދު 2012" ގެ ޖަދުވަލު (ރ) ގައި ބަޔާންކޮށްފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް، ތައްޔާރުކުރާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް އަދި އެ ރިޕޯޓް ފާސްކުރުމަށްފަހު މިއޭޖެންސީއިން ދޫކުރާ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމާއި އެއްގޮތަށް މަޝްރޫއުތަކުގެ އެދިޔާރުން މަސައްކަތް ކުރިއަށް ނުގެންދާކަން ފާހަގަކުރަމެވެ. އަދި ހަމައެހެންމެ، ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ޚުލާސާ ރިޕޯޓް މި އޭޖެންސީއަށް ހުށަނާޅާކަންވެސް ފާހަގަކުރަމެވެ.  ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (4/93) ގެ 5 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ބެހޭ ގަވާއިދު 2012 ((2012/R-27 ގެ 20 ވަނަ މާއްދާގެ ދަށުން އީ.އައި.އޭ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާނަމަ އަދި ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާއިބެހޭ ރިޕޯޓު (މޮނިޓަރިންގ ރިޕޯޓު) ހުށަނާޅާނަމަ، ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިގޮތުން ރިޕޯޓު ހުށަނާޅާ ފަރާތްތައް ބަލައި އެފަރާތްތަކަށްވެސް މިއޭޖެންސީއިން މިދަނީ ފިޔަވަޅު އަޅަމުންނެވެ. ވީމާ، މިކަން އާއްމުކޮށް އަންގައި އިއުލާންކުރަމެވެ.

                                                                    10 އޮކްޓޯބަރ 2018

11 އޮކްޓޫބަރު 2018
ހޯދާ