ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި ސެކިއުރިޓީ އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއެވެ.

 

ނަންބަރ: IUL)415-HR/415/2018/56)

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ. 

 މަޤާމް:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ ޢަދަދު:    03

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް  

މުސާރަ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 153/85 (އެއްސަތޭކަ ފަންސާސް ތިން ރުފިޔާ އަށްޑިހަ ފަސްލާރި) 

އެއް މަސްދުވަހު މަސައްކަތަށް ނުކުތުމުން އެކުޖުމްލަ 4000 (ހަތަރުހާސް ރުފިޔާ)  

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ޑިއުޓީ އުޞޫލުން އިދާރާއިން ކަނޑައަޅާ ޑިއުޓީ ތާވަލާއި އެއްގޮތަށް ގިނަވެގެން ކޮންމެ 24 ގަޑިއިރަށް 8 ގަޑިއިރުގެ ޑިއުޓީ

(ކޮންމެ ޙަފްތާއަކު 1 ދުވަސް އޮފް ދުވަހުގެ ގޮތުގައި ލިބޭނެއެވެ.

ތަޢްލީމީ ފެންވަރު:

1-   ގްރޭޑް 7 ނިންމާފައި ވުން

ނުވަތަ

2-   ސެކިއުރިޓީ ބެލެހެއްޓުން ނުވަތަ ވޮޗަރުކަން ކުރުން ނުވަތަ ގާރޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން
  2. ޑިއުޓީގެ ގޮތުގައި ރޭގަނޑާއި ދުވާލު މަސައްކަތްކުރެވޭ ފަދަ ޞިއްޙަތެއް ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސިލްގެ އިދާރާގެ ޢިމާރާތާއި ގޯތީގެ ސަރަޙައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް.

4-   އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

16 އޮކްޓޯބަރު 2018 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

24 މުޙައްރަމް 1440

04 އޮކްޓޫބަރު 2018
ހޯދާ