ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ބަނދަރު ބޭރު ތޮށީގައި ލައިޓް ޖެހުން

އިޢުލާން

                                                                                               ނަންބަރ: 421/IUL/2018/31

 

 

ބަނދަރު ބޭރު ތޮށީގައި ލައިޓް ޖެހުން

 

        ކައުންސިލް އިދާރާއިން ހޮޅި ދަނޑި ދިނުމުން މިރަށު ބަނދަރު ބޭރުތޮށީގައި ލައިޓް ޖަހާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ،މިދެންނެވި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވުން

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން

08 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް

11 އޮކްޓޯބަރ 2018 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް

 

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުންނާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                  

            01 އޮކްޓޯބަރ 2018

 

 

 

 

                                          މުޙައްމަދު ވަޙީދު

                                         ކައުންސިލްގެ ރައީސް                      

01 އޮކްޓޫބަރު 2018
ހޯދާ