ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ސްޕޯޓްސް މަސައްކަތް ތަރައްޤީކުރަން ބިން ކުއްޔަށް ދޫކުރުން.

އިޢުލާނު

 

ވޯޓަރ ސްޕޯޓްސް މަސައްކަތް ތަރައްޤީކުރަން ބިން ކުއްޔަށް ދޫކުރުން.

ނިލަންދޫ ހަގުތުނޑިން ފެށިގެން އުތުރަށް ހިއްކިބިމުގެ ސަރަޙައްދުގެ ގޮނޑުދޮށުން ވޯޓަރ ސްޕޯޓްސް މަސައްކަތްކުރުމަށް 15,000 (ފަނަރަހާސް) އަކަފޫޓުގެ ބިން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމައިފީމެވެ. ބިން ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 25 (ފަންސަވީސް) ލާރި އެވެ.

ވީމާ، ބިންކުއްޔަށް ހިފުމަށް ޝައުޤްވެރިވާ ފަރާތްތަކުން 2018 އޮކްޓޫބަރު 3 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޫބަރު 8 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ވޯޓަރސްޕޯޓްސް މަސައްކަތް ތަރައްޤީކުރުމަށް ބިން ކުއްޔަށް ހިފުމަށްއެދި" މިހެން ލިޔަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

14 މުޙައްރަމް   1440

24 ސެޕްޓެންބަރު 2018 

24 ސެޕްޓެންބަރު 2018
ހޯދާ