މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސް ދައްކަން ޖެހޭ ފަރާތްތަކާއި ދައްކަން ޖެހޭ އަދަދު

 1. ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) ދައްކަން ޖެހެނީ ކޮން ފަރާތްތަކެއް؟

ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެހާ ފަރާތްތަކުން، އެފަރާތެއްގެ ހިސާބުކުރެވޭ މުއްދަތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ  -/ 500,000(ފަސްލައްކަ) ރުފިޔާއަށްވުރެ އިތުރުވާނަމަ، އިތުރުވާ ޢަދަދަކުން ޓެކްސް ދައްކަންޖެހޭނެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ކުންފުނިތަކާއި، ޕާޓްނާރޝިޕްތަކާއި، ކޯޕަރޭޓިވްސްތަކާއި، އަމިއްލަފަރުދުން އަދި މިނޫންވެސް ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ އެންމެހާ ފަރާތްތައް ހިމެނެއެވެ.

2.  ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ގެންގުޅެން ޖެހޭނެ އުސޫލުތަކަކީ ކޮބާ؟

  • ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ އެއްވެސް ފަރާތަކުން އެއް ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރި ކުރާނަމަ ، އެ ހުރިހާ ވިޔަފާރިއަކަށް ނިސްބަތްކޮށް ޖުމްލަ ހިސާބެއް ތައްޔާރުކުރަން ވާނެއެވެ.
  • އެކްރޫއަލް ބޭސިސްއަށް ހިސާބުތައް ތައްޔާރު ކުރާ ފަރާތްތަކުން ހިސާބު ތައްޔާރު ކުރަންވާނީ އައި.އެފް.އާރ.އެސް ނުވަތަ މީރާއިން ޤަބޫލުކުރާ، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށެވެ.

3. ޓެކްސް ބިނާ ކުރެވޭ ފައިދާ ހިސާބުކުރުމުގައި މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އަސާސަކީ ކޮބާ؟

   ހިސާބުތައް ތައްޔާރުކުރަންޖެހޭނީ ކޭޝް ބޭސިސް ނުވަތަ އެކްރޫއަލް ބޭސިސްއަށެވެ.

4. ހިސާބު ތައްޔާރުކުރުމުގައި ކޭޝް ބޭސިސް ނުވަތަ އެކްރޫއަލް ބޭސިސް އިޚުތިޔާރުކުރެވޭނެ ފަރާތްތަކަކީ ކޮބާ؟

  • ހިސާބުކުރާ މުއްދަތެއްގައި ލިބޭ އާމްދަނީ 5 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބޭ ފަރާތްތަކުން ކޭޝް ބޭސިސްއަށް ހިސާބު ތައްޔާރު ކުރެވިދާނެއެވެ.
  • ހިސާބުކުރާ މުއްދަތެއްގައި ލިބޭ އާމްދަނީ 5 މިލިއަން ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކުން ހިސާބު ތައްޔާރު ކުރަންވާނީ އެކްރޫއަލް ބޭސިސްއެވެ.

މިލިޔުމުގައި ހިމެނިފައިވާ މަޢުލޫމާތަކީ، މި މަޢުލޫމާތު ޝާއިޢުކުރެވުނު ވަގުތުގައި ޞައްޙަ މަޢުލޫމާތެކެވެ. އަދި މި މަޢުލޫމާތަކީ ދިވެހިރާއްޖޭގެ ޓެކުހާ ގުޅޭ ތަފުސީލު ރިސާރޗަކާ އެއްފަދަ ނުވަތަ ދިވެހިރާއްޖޭގެ ޓެކުހާ ބެހޭގޮތުން ދެވޭ ފަންނީ ލަފަޔަކާއެއްފަދަ މަޢުލޫމާތެއް ނޫނެވެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ހޮޓްލައިން: 1415، ފޯން: 3322261  ، ފެކްސް: 6577 331

އީމެއިލް:   

1415@mira.gov.mv

ވެބްސައިޓް: www.mira.gov.mv

25 އޭޕްރިލް 2013
ހޯދާ