މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާން ވަށާފާރު ރޭނުމަށް ފައުންޑޭޝަން އެޅުމާއި ވަށާފާރު ރޭނުމަށް އަލުން އިޢުލާނު ކުރުމާއިބެހޭ.

 

  

                              ނަންބަރ: IUL)285-D/285/2018/32)

އިޢުލާން

ގަބުރުސްތާން ވަށާފާރު ރޭނުމަށް ފައުންޑޭޝަން އެޅުމާއި ވަށާފާރު ރޭނުމަށް އަލުން އިޢުލާނު ކުރުމާއިބެހޭ.

       މި އިދާރާއިން ތަކެތި ދިނުމުން، މި ރަށުގައި ބޭނުންކުރަމުންދާ ދެ ގަބުރުސްތާނުގެ ވަށާފާރުގެ ފައުންޑޭޝަން އެޅުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައި މި އިދާރާއިން ކޮށްފައިވާ އިޢުލާން ނަންބަރ (IUL)285-A/285/2018/28 އާ ގުޅިގެން ހުށަހަލުއްވާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތަށް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި އިދާރާއިން ތަކެތި ދިނުމުން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:00 މި އިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 13:00 ށް މި އިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.

10 މުޙައްރަމް 1440

20 ސެޕްޓްމްބަރ 2018

                                                                                                                                                                             އާދަމް ސަމީރު

                       ހެނބަދޫ ކައުންސިލްގެ ރައީސް

 

20 ސެޕްޓެންބަރު 2018
ހޯދާ