ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 

ވަޒީފާގެ ފުރުސަތު                            ނަންބަރ: 421/IUL/2018/30

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:

J-242689

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީއެސް 3

މަޤާމްގް ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ގދ.ވާދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/4465

ސާރވިސް އެލަވަންސް

މަހަކު: 1500.00

އެހެނިހެން އެލަވަންސް:

 1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އިތުރުގަޑީގެ ފައިސާ
 3. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700 ( ހަތްސަތޭކަ ރުފިޔާ )

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބްތައް:

 1. ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދާ ކޯޑް އޮފް ކޮންޑަކްޓާއި އަދި މިއާއި ގުޅިގެން އެކުލަވާލާފައިވާ ދެންނެވުންތަކާއި،ސަރކިއުލާތަކާ އެއްގޮތަށް ޢަމަލުކުރުމާއި،ވާދޫ ކައުންސިލް އިދާރާއަށް ލިބޭ ފައިސާ ބަލައިގަތުމާއި،ހަވާލުކުރަންޖެހޭ ފައިސާ ހަވާލުކުރުމާއި،ފައިސާ އާއި ގުޔޅިގެން ލިޔަންޖެހޭ ރިޕޯޓްތަކާއި ލިޔުންތައް ތައްޔާރުކުރުމާއި،ފޮނުވުމާއި،ފައިލްކޮށް ބެލެހެއްޓުން
 2. ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި،ވިޔަފާރިކުރާ ތަންތަނާއި،ރައްޔިތުންނަށް ޢާމްދަނީ ލިބޭގޮތަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނާއި ތަކެތީގެ ރެޖިސްޓްރީ ބެލެހެއްޓުމާއި،އެފަދަ ތަންތަނާއި ތަކެއްޗަށް ލިބޭ ފައިސާ ބަލައިގަތުމާއި،ރިޕޯޓް ތައްޔާރުކުރުން.
 3. ރައްޔިތުންގެ މާލިއްޔަތު އެކައުންޓް ބެލެހެއްޓުމާއި،މާލިއްޔަތު ރިޕޯޓް ތައްޔާރުކުރުކޮށް ޢާންމު ކުރުން
 4. އެކިއެކި ޕްރޮޖެކްޓް ތަކާއި،އެކިގޮތްގޮތުން ހޯދަންޖެހޭ ފައިސާ ހޯދުމައްޓަކާ ލިޔަންޖެހޭ މެސެޖް/ސިޓީ ތައްޔާރުކޮށް ލިޔެ ފޮނުވުމާއި،އެފަދަ ސިޓީ،މެސެޖްތަކަށް ޖަވާބް ދިނުން.
 5. އޮފީހުގެ ފައިސާ އާއިބެހޭ ފޮތްތަކާއި ލިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި،އޮފީހުގެ   ތިޖޫރީ ބެލެހެއްޓުން.
 6. މުވައްޒަފުންގެ މުސާރަޝީޓާއި އެކައުންޓް ބާކީ އާއި އައިޓަމްތަކުގެ ތަފްޞީލާއި،ވައުޗަރތައް  ތައްޔާރުކުރުން.
 7. ރަށުގައި ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް ބެނުންވާ ފަންޑު ހޯދުމަށްޓަކާ ހަދަންޖެހޭ އެސްޓިމޭޓް ތައްޔާރުކުރުން.
 8. ކައުންސިލް އިދާރާގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
 9. ކައުންސިލް އިދާރާގެ މުވައްޒަފަކު ޗުއްޓީ ނެގުމާގުޅިގެން އެމުވައްޒަފުގެ މަސައްކަތް ހަވާލުކޮށްފިނަމަ އެމަސައްކަތަތައް ކުރުން .

10. ކައުންސިލް އިދާރާގައިކުރެވޭ ޚާއްސަ މަސައްކަތްތައް ކުރުމާއި،މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކުއްލި ކަންތައްތަކާއި އެހެނިހެންކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު

 1. ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން " ސެކަންޑްރީ ސްކޫލް " ނުވަތަ " ހަޔަރ ސެކަންޑްރީ ސްކޫލް " އިމްތިޙާނުގައި " ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. 

ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް:

 1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ.)
 2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް ހިމެނޭގޮތަށް )
 3. ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުންކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން މުވައްޒަފު ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި،ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑީވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި،ޓްރާންސްކްރިޕްޓްގެ ކޮޕީ:ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކެޓްގެ ކޮޕީ:
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

 

 

 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާރކްސް

އިންސައްތަ

( % )

ކެޓެގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާއާއ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

05

އިމްތިޙާން

"ސިވިލްސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

05

05

މަސައްކަތުގެ ތަޖްރިބާ

މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖްރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

 

185

100

100

ނޯޓް: މަގާމަށް ޢައްޔަށް ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓްގެ ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 2018 އޮކްޓޯބަރ 01 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ގދ.ވާދޫ ކައުންސިލް އިދާރާއަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ( [email protected]  ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެއަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައި ގަނެވޭނެވެ.

 

އިންޓަރވިއު ( އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަނަމަ އެބައިވެސް ހިމެނުމަށް ) އޮންނާނެތަނާއި މުއްދަތު:

 

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 02 އޮކްޓޯބަރ 2018 އާއި 07 އޮކްޓޯބަރ 2018 އާއި ދެމެދު ގދ.ވާދޫ ކައުންސިލް އިދާރާގައެވެ. ( މި މަޤާމަށް މީހަކު ހޮވުމަށް އިމްތިޚާން އެއް އަދި ޕްރެޒެންޓޭޝަން އެއް ހަދަންނުޖެހޭނެއެވެ.)

ޝޯޓް ލިސްޓް ކުރުން

 1. މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި،ތަޖުރިބާއަށްބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެވެ.

 

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

09  މުޙައްރަމް  1440

19 ސެޕްޓެމްބަރ 2018

 

 

                                                     މުޙައްމަދު ވަޙީދު

                                                    ކައުންސިލްގެ ރައީސް

19 ސެޕްޓެންބަރު 2018
ހޯދާ