މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައްޑޫ ސިޓީ އިންޓަގްރޭޓަޑްގެ ޓޫރިޒަމް ޒޯން ދަށުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް އައްޑޫ ސިޓީން ބިން ދޫކުރުން

އައްޑޫ ސިޓީ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯން (Addu City Integrated Tourism Zone) ގެ ދަށުން އައްޑޫ ސިޓީގައި ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ބިޑު އުސޫލުން ބިން ދޫކުރުމުގެ ފުރުސަތު މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ހުޅުވާލަމެވެ.

 

އެގޮތުން އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރަ ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންފުޅުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ތިރީގައި މިވާ ގޮތަށް ކުރިއަށް ގެންދެވޭނެއެވެ.

 

 

ފަށާ ތާރީޚް

ނިމޭ ތާރީޚް

މަޝްރޫޢު ހުޅުވާލުމާއި އިޢްލާނުކުރުން

13 ސެޕްޓެމްބަރ 2018

27 ސެޕްޓެމްބަރ 2018

ބިޑް ފޮތް ވިއްކުމާއި ބިޑް ބަލައިގަތުން

17 ސެޕްޓެމްބަރ 2018

27 ސެޕްޓެމްބަރ 2018

ހުށަހަޅާ ބިޑްތައް ހުޅުވުން

1 އޮކްޓޯބަރ 2018

-

ބިޑް އިވެލުއޭޓްކުރުން

2 އޮކްޓޯބަރ 2018

4 އޮކްޓޯބަރ 2018

 

މި މަޝްރޫޢުއަށް ޝަޢުޤުވެރިވެލައްވާ ފާރާތްތަކަށް 17 ސެޕްޓެމްބަރ 2018 އިން ފެށިގެން 27 ސެޕްޓެމްބަރ 2018 ގެ ނިޔަލަށް މި ކޯޕަރޭޝަނުންނާއި އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ އަދި ހުޅުމީދޫ "ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް" އިން  ބިޑްފޮތް  ބައްލަވައިގަންނަށް ލިބިވަޑައިގަންނަވާނެއެވެ. އަދި ބިޑް ފޮތް ބައްލަވައިގަންނަ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު 17 ސެޕްޓެމްބަރ 2018 އިން 27 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އާހަމައަށް މި ދެންނެވި ތަންތަނުގައި ހުޅުވާލެވިފައި އޮންނާނެއެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކުރައްވާފައިވާ ސިޓީ އުރައެއްގައެވެ. އަދި ހުށަހަޅާ ބިޑްތައް ހުޅުވުން އޮންނާނީ 01 އޮކްޓޯބަރ 2018 ވަނަ ދުވަހުގެ 14:00ގައި ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ޙާޟިރުގައެވެ. ބިޑްތައް ހުޅުވާނެ ތަން ބިޑް ބަލައިގަންނަ ފަރާތްތަކަށް މިކޯޕަރޭޝަނުން އަންގާނެއެވެ.   

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހައް ލިޔުއްވުން ނުވަތަ ގުޅުއްވުން އެދެމެވެ. 

މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން

5 ވަނަ ފަންގިފިލާ، ވެލާނާގެ

މާލެ، ދިވެހިރާއްޖެ.

ފޯން: 3019911

ފެކްސް: 3019922

އީ-މެއިލް:  [email protected]

ވެބްސައިޓް: www.mitdc.com.mv

13 ސެޕްޓެންބަރު 2018
ހޯދާ