މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
Maldives Monetary Authority Scholarship 2018

 

ކޯހުގެ ދާއިރާ:  

އިސްލާމިކް ފައިނޭންސް

ލެވެލް:

މާސްޓަރސްް ޑިގްރީ

ޤައުމު:

އާސިއާން ނުވަތަ މެދުއިރުމަތީގެ ގައުމަކަށް

ކޯހުގެ ޝަރުތު:

ޝަރުތު:

 • އިކޮނޮމިކްސް، ބިޒްނަސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ފަދަ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް  ހާސިލުކޮށްފައިވުން، އަދި
 • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ބީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި:

 • ސްކޯލަރޝިޕް އަށް އެދޭ ފޯރމް
 • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް
 • ސީވީ
 • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 • އޯލެވެލް/އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ
 • 2 (ދޭއް) ރެކޮމެންޑޭޝަން ލެޓަރ

ސްކޯލަރޝިޕަށް ހޮވުމުގައި ބަލާނެ މިންގަނޑު

 • މި ސްކޯލަރޝިޕް އަށް ހޮވޭ ފަރާތެއް ކަނޑައަޅުމުގައި ބަލާނީ އަންނަނިވި ކަންކަމަށެވެ.

   - އެކަޑަމިކް މެރިޓް (ބޭންކިންގ ނުވަތަ ފައިނޭންސް އާ ގުޅޭ ދާއިރާއަކުން     ފުރަތަމަ ޑިގްރީ ޙާޟިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ)

   - މަސައްކަތު ތަޖްރިބާ (ބޭންކިންގ ނުވަތަ ފައިނޭންސް އާ ގުޅޭ ދާއިރާގައި     މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތްތަަކަށް އިސްކަންދެވޭނެ)

   - އިންޓަވިއު އާއި އެސެސްްމަންޓް

 

 • މި ސްކޯލަރޝިޕް އަށް ހޮވޭ ފަރާތްް ކިޔެވުމަށް ފުރަންޖެހޭނެ ކަމަށް ލަފާކުރާ ތާރީޚަކީ ޖަނަވަރީ  2019 އެވެ.
 • މި ސްކޯލަރޝިޕަށް ހޮވޭ ފަރާތަށް ކޯހުގެ ޚަރަދު ތިރީގައި މިވާ ގޮތަށް ހަމަޖައްސައިދެވޭނެއެވެ.

   ހ. ޓިއުޝަންފީ

   ށ. ކިޔެވުން ހަމަޖެހޭ ޤައުމަކަށް ދެކޮޅު ޓިކެޓް އާއި ވިސާ ފީ

   ނ. ސްޓައިޕެންޑް

   ރ. ބުކް އެލަވަންސް

   ބ. އެސްޓެބްލިޝްމަންޓް އެލަވަންސް

   ޅ. ޑިޕާރޗަރ އެލަވަންސް

 • ކޯސް ފުރިހަމަކުރެއްވުމަށްފަހު، 4 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް މި އޮތޯރިޓީގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

މި ސްކޯލަރޝިޕަށް ހޮވޭ ފަރާތްތަކުން ކިޔެވުން ފުރިހަމަކުރަންވާނީ މިއޮތޯރިޓީއިން ކަނޑައަޅާ ޔުނިވަރސިޓީއަަކުންނެވެ. މި ޔުނިވަރސިޓީއިން ޕްލޭސްމަންޓް ހޯދުމުގައި މިއޮތޯރިޓީއިން އެހީތެރިވާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 20 ސެޕްޓެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 12:00

އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން:   މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މަޖީދީ ބިލްޑިންގ، ބޮޑުތަކުރުފާނުމަގު، މާލެ

 ކޯހަށްއެދޭ ފޯމު މި  އޮތޯރިޓީގެ ވެބްސައިޓް http://www.mma.gov.mv އިންް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު  މިވެބްސައިޓުންނާއި، 3012133 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

 

                                    

 

 

 

 

 

13 ސެޕްޓެންބަރު 2018
ހޯދާ