މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ލޯންޗެއްގެ އިންޖީނަކަށް ބޭނުންވާ ޔަންމާ ސްޕެއަރ އަދި ހެމިލްޓަން ވޯޓަރޖެޓްއަކަށް ބޭނުންވާ ސްޕެއަރސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެޖެއެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ.

ލޯންޗެއްގެ އިންޖީނަކަށް ބޭނުންވާ ޔަންމާ ސްޕެއަރ އަދި ހެމިލްޓަން ވޯޓަރޖެޓްއަކަށް ބޭނުންވާ ސްޕެއަރސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެޖެއެވެ.

ވީމާ، މިތަކެތި ސަޕްލައި ކޮށްދޭން އެދޭ ފަރާތްތަކުން 2018 ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ 13:30 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2018 ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ 13:30 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2018/66 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިވާ ނުވާތީ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

10 ސެޕްޓެންބަރު 2018
ހޯދާ