މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އެކްސިޑެންޓް އިންވެސްޓިގޭޓަރ

މަޤާމް:

ސީނިއަރ އެކްސިޑެންޓް އިންވެސްޓިގޭޓަރ

ބޭނުންވާ އަދަދު:

01

އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިންގ ކޮމިޓީ

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ

މުސާރަ އާއި އެލަވަންސް:

54,142   ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  1. ކޮމާޝަލް ޕައިލެޓް ލައިސެންސެއް އޮތުމާއެކު އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން
  1. 1,500 ގަޑި އިރުގެ އުދުހިފައިވުން
  2. 1,500 ގަޑިއިރުގެ ތެރޭގައި މަދުވެގެން 1،000 ގަޑިއިރު ޕީ.އައި.ސީގެ ގޮތުގައި އުދުހުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް.އޯޕީތަކުގައިވާ ގޮތުގެ މަތިން އިންސްޕެކްޓަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާ އަދާކުރަމުން ގެންދިއުން.
  2. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓްތައް ތަހުގީގުކުރުމަށްޓަކައި އެކްސިޑެންޓް ހިނގި ތަނަށްގޮސް، އެކްސިޑެންޓާގުޅުންހުރި ހެކި ހޯދުމާއި، ވެރިފައިކުރުމާއި، އެނަލައިޒްކުރުމާއި، އިވެލުއޭޓްކުރުން. މިގޮތުން އެކްސިޑެންޓާއި ގުޅިގެން އިންޓަރވިއުތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން.
  3. އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީ (އޭ.އައި.ސީ.ސީ) އަށް ބޭނުންވާ އިންވެސްޓިގޭޝަން މަސައްކަތްކުރުން.
  4. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓްތަކުގެ ތަހުގީގީ ރިޕޯޓުތައް އޭ.އައި.ސީ.ސީ ގެ ޕޮލިސީ އާއި ޕްރޮސީޖަރއާއި އެއްގޮތަށް ތައްޔާރުކުރުން.
  5. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓް އަދި އިންސިޑެންޓްތައް ހިނގަންދިމާވި ސަބަބުތައް ހޯދައި ބެލުމަށްޓަކައި ތަޙްޤީޤުކުރުން.
  6. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓްތަކާ ގުޅިގެން ކުރިއަށްއޮތްތާގައި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ސަލާމަތީ ރައްކާތެރި ފިޔަވަޅުތައް ދިރާސާކޮށް  ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާ ކުރުން.
  7. އޭ.އައި.ސީ.ސީ އާއި ގުޅޭގޮތުން، ކޮމިޓީގެ ޗެއާރޕާސަން ބޭނުންފުޅުވާ އެންމެހާ އިންވެސްޓިގޭޝަންއާ ގުޅޭ މަސައްކަތްތައް ބަލަހައްޓާ ކުރުން.

މިނޫންވެސް ސެކްޝަނުގެ އިސްވެރިޔާގެ ބެއްލެވުމުގެ ދަށުން ހަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

1- 27 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

1- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައެވެ.

 

10 ސެޕްޓެންބަރު 2018
ހޯދާ