ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާތިލްކުރެވިފައި

  

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:

J-222596

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

އެމް.އެސް 2

މަޤާމްގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

މަސައްކަތް ކުރަންޖެހޭ ތަން

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މުސާރަ:

-/6295 ރުފިޔާ

ސާރވިސް އެލަވަންސް:

-/2000 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް:

-/900 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ އެލަވަންސްގެ ފައިސާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

އަސާސީ ޝަރުތު:

1- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

ސެކްޝަނަށް ހުށަހެޅޭ ސިޓީ، މެސެޖްފަދަ ތަކެތި ބަލައިގަތުމާއި، ސެކްޝަނުގެ އެންޓްރީ ބެލެހެއްޓުން.

ސެކްޝަނުން ދެމުންދާ ޚިދުމަތަކާއި ގުޅިގެން ހަދަންޖެހޭ އެންމެހާ ޤަވާޢިދުތައް ޒިންމާދާރު ވެރިޔާގެ ލަފާގެ މަތިން ހަދާ ކައުންސިލަށް ހުށައެޅުން.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އޮފީހުން އާންމުންކުރަންޖެހޭ މަޢުލޫމާތުތައް ތައްޔާރުކުރުމާއި އާންމުކުރުން.

އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާއި ދަށުން ކައުންސިލް އިދާރާއަށް ހުށަހަޅާ، މުސްކުޅިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމާއި އެފަދަ މީހުންގެ ކަންތައް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައި އެކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގަ އާއި ކާރިޘާތަކުގައި އެހީތެރިކަން ފޯރުކޮށްދޭވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތާއި އެފަދަ ހާލަތްތަކުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސް ތަކުގައި އެމުވަޒަފަކު ކުރަމުންގެންދިޔަ މަސައްކަތް ވަގުތީ ގޮތުން ޙަވާލު ކޮށްފި ހިނދެއްގައި އެމަސައްކަތް ތައް ކުރުން.

އިދާރާގައި ކޮރަޕްޝަން މަގުފަހިނުވާ ނޭގޮތެއްގެ މަތިން  މަސައްކަތްތައް ކުރިޔަށް ގެންދިއުން 

ސަރުކާރުގެ ނުވަތަ ބޭރުގެ ނުވަތަ ރާއްޖޭގެ ޖަމްޢިއްޔާތަކާއި ކުންފުނިތަކުގެ ބޭނުންތަކުގައި ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮއްދިނުން

ފަޤީރުންނާއި މިސްކީނުންގެ ނަންނޯޓްކުރުމާއި ލިސްޓް އިޢުލާނު ކުރުން އަދި ފަޤީރުންގެ ލިސްޓް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.

ރަށު ކައުންސިލްގެ އިދާރާގެ ޤުރުއާން މުބާރާތް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިސްވެ ބެލެހެއްޓުން

ކައުންސިލް އިދާރާގެ ފަރާތުން ބައްވާ ދީނީ ދަރުސް ދިނުމުގެ ކަންތައްތައް ޒިންމާދާރުވެރިޔާގެ ލަފައިގެމަތިން އިންތިޒާމުކޮށް ކުރިޔަށް ގެންދިއުން

ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް ތައްޔާރުކޮށް ފޮނުވުން.

ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް ތައްޔާރުކޮށް ފޮނުވުން.

އިސްވެ ދެންނެވި ހުރިހާ ކަންކަމާއި ގުޅޭ ގޮތުން ލިޔެ ތައްޔާރު ކުރަންޖެހޭ ސިޓީ ، މެސެޖް ، ރިޕޯޓްތައް ޒިންމާދާރުވެރިޔާގެ ލަފަޔާއި މަޝްވަރާގެ މަތިން ތައްޔާރުކޮށް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވުން .

ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1-     ލާމަރުކަޒީ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

2-     ސިވިލް ސަރވިސް ޤާނޫނަށާއި ސިވިލް ސަރވިސް ޤަވާއިދަށް އަހުލުވެރިވުން.

3-     މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

4-     ދާއިރާއާގުޅޭ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

 

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ  މުއްދަތުތަކާއި އޮންނާނެތަން

 

މިމަޤާމަށް އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ 13 ސެޕްޓެމްބަރު 2018 އާއި 17 ސެޕްޓެމްބަރު 2018 ދެމެދުގެ ދުވަހެއްގައި ހެނދުނު 09:00ން ރޭގަނޑު 21:00އާއި ދެމެދުގެ ވަގުތެއްގައި ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާގައެވެ.

 

  • ·         އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 13 ސެޕްޓެމްބަރު 2018ވާ (އާދީއްތަ) ދުވަހުގެ 14:00ގެ ކުރިން ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާ އަށެވެ.
  • ·         ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް.

 

2- ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

 

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދަރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

 

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620001 ފޯނާއެވެ. ފެކްސް ނަމްބަރަކީ 6620001އެކެވެ.

 

އީމެއިލް އެޑްރެހަކީ info@kurendhoo.gov.mv : އެވެ.

 

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                18 ޛުލްހިއްޖާ  1439

 

29 އޮގަސްޓް 2018
ހޯދާ