ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
"ނޮން - ޕްރޮފެޝަނަލް" ކެޓަގަރީގެ މަގާމުތަކަށް އަލަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުން

ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، މި މައްސަލަ ހައްލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މި ޑިޕާޓްމަންޓުން މި ގެންދަނީ ކުރަމުންނެވެ.

މިގޮތުން، "ނޮން - ޕްރޮފެޝަނަލް" ކެޓަގަރީގެ މަގާމުތަކަށް އަލަށް ބިދޭސީން ގެނައުމަށް އެމްޕްލޯއީމަންޓް އެޕްރޫވަލް ދޫކުރުން  1 ޖަނަވަރީ 2014 އިން ފެށިގެން 28 ފެބުރުވަރީ 2014 (2 މަސްދުވަހު) ގެ ނިޔަލަށް ވަގުތީ ގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

މިކަން މިގޮތަށް ހަމަޖެއްސި ނަމަވެސް، "ނޮން - ޕްރޮފެޝަނަލް" ކެޓަގަރީގެ މަގާމުތަކަށް އަލަށް ބިދޭސީން ގެނައުމަށް އެމްޕްލޯއީމަންޓް އެޕްރޫވަލް ހޯދުމަށް އެދި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް 31 ޑިސެންބަރު 2013 ގެ ކުރިން ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކޮށް، ނަން-ޕްރޮފެޝަނަލް ކެޓެގަރީގެ މަޤާމުތަކަށް ބިދޭސީން އެންމެ ބޮޑަށް ބޭނުންވާ ޓުއަރިޒަމް ދާއިރާ، ޞިއްޙީ ދާއިރާ އަދި ދަޢުލަތުގެ ޕްރޮޖެކްޓުތަކުގެ މަސައްކަތްތަކަށް ދަތިނުވާނޭ ގޮތަކަށް ހަމަޖެހިފައިވާ ޢުސޫލުގެމަތީން އެމްޕްލޮއީމަންޓް އެޕްރޫވަލް ހަމަޖެހިގެން ދާނެކަމުގައި ދެންނެވީމެވެ.

އަދި ދަންނަވަމެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތު މީހުންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތްތަކުގައި ތިޔަ ފަރާތްތަކުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް އެކަމަށްޓަކައި ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

        20 ޞަފަރު   1435     

23 ޑިސެންބަރު 2013
ހޯދާ