މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކ. މަނިޔަފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މެރިކަލްޗަރ ފެސިލިޓީގައި އިމާރާތްތަކެއްގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

ސިންގަލް ސްޓޭޖް ވަން އެންވެލޯޕް

( ގްރާންޓް ނަންބަރ : D175-MV)

1. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ވަރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ ސަސްޓެއިނެބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކ. މަނިޔަފުށީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މެރިކަލްޗަރ ފެސިލިޓީގައި އިމާރާތްތަކެއްގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރެ އެދިލެއްވުމުގެ މަތިން ކ. މަނިޔަފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މެރިކަލްޗަރ ފެސިލިޓީގައި އިމާރާތްތަކެއްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތްތަކުގެ ތެރޭގައި ހިމެނޭނީ މިހާރު އިމާރާތްކުރެވިފައިވާ ސްޓާފް އެކޮމޮޑޭޝަން ބްލޮކް، ބަދިގެ، ގްރީން ހައުސް އަދި މިސްކިތް ތަޅާލުމާއި ސްޓާފް އެކޮމޮޑޭޝަން އިމާރާތްކުރުމާއި، ލެބޯރަޓަރީ، ބްލަޑް ސްޓޮކް ފެސިލިޓީ، ލައިވް ފީޑް ފެސިލިޓީ އަދި ވަޔަރ ހައުސްއެއް އިމާރާތްކުރުމުގެ މަސައްކަތެވެ. މިމަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވާ މުއްދަތަކީ 12 މަސް ދުވަހެވެ.

3. މިމަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން، ވަރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އައި.ޕީ އެފް ބްރޮވަރސް" ޖުލައި 2016ގެ ރިވައިޒް ނޮވެންބަރު 2017 ގެ ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ. 

4. މިބީލަމުގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 16އޮގަސްޓް 2018 އިން 16 ސެޕްޓެންބަރު 2018 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08.30 އިން 12:00 އަށް މި މިނިސްޓްރީންނެވެ. މި މަސައްކަތްތަކާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 15 އޮގަސްޓް 2018 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

5. މިމަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 26,000.00 (ސައްބީސް ހާސް) ޔޫ.އެސް.ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއް ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 118ދުވަހެވެ.

6. މި މަޝްރޫޢުގެ މަސައްކަތްކުރެވޭ ސައިޓަށް 26 އޮގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މާލޭ 4 ނަންބަރ ޖެޓީއިން ފުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

7. މި ޕްރޮޖެކްޓާއި ގުޅޭގޮތުން ބާއްވާޕްރީބިޑް މީޓީންގ އޮންނާނީ 2018 އޮގަސްޓް 27 ވާ ހޯމަ ދުވަހުގެ 10:00 ގައި، ތިރީގައިވާ އެޑްރެހުގައެވެ.

8. މި ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 90 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ  2018 ސެޕްޓެންބަރު 17 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ނޭޝަނަލް ޓެންޑަރ

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ،ދިވެހިރާއްޖެ

  ފޯން: +960 3349106 / +960 3349191

  އީމެއިލް: [email protected]

  ކޮޕީ:    [email protected]

    

15 އޮގަސްޓް 2018
ހޯދާ