މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސ.ގަމާއި ސ. ހިތަދޫގައި މަސައްކަތްކުރާ ސިފައިންގެ ބޭފުޅުންނަށް ކައްކާ ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

1. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެދިލެއްވުމުގެ މަތިން، ސ.ގަމާއި ސ. ހިތަދޫގައި މަސައްކަތްކުރާ ސިފައިންގެ ބޭފުޅުންނަށް ކައްކާ ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2018 އޮގަސްޓް 26 އިން 2018 ސެޕްޓެންބަރު 16 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 12:00އަށް،  ނަންނޯޓް ކުރެއްވުން އެދެމެވެ.  

3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ސެޕްޓެންބަރު 5 ވާބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުންއެދެމެވެ.

4. ބިޑު ހުޅުވުން އޮންނާނީ 2018 ސެޕްޓެންބަރު 17ވާ ހޯމަ ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5. މިޕްރޮޖެކްޓްއާއި ގުޅޭ އެންމެހާ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

6. މިޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކާ ކާންދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

7. ހުށަހަޅާ އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލް މިޕްރޮޖެކްޓްގެ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349296   3349115

އީ-މެއިލް : [email protected]

ކޮޕީ  : [email protected] 

14 އޮގަސްޓް 2018
ހޯދާ