ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެޑިޓަރ

މަޤާމް :އެޑިޓަރ
ބޭނުންވާ އަދަދު :2

ވަޒީފާގެ ފުރުޞަތު                 

މަޤާމު: އެޑިޓަރ

މުސާރަ

މަހަކު -/7,500 ރުފިޔާ

މަޤާމުގެ ރޭންކް

ޓީ.ޕީ 4

ބޭނުންވާ ޢަދަދު

02

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ނިވްސް އެންޑް ކަރަންޓް އެފެއާޒް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް، ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ދާއިމީ ކުރެވޭނެއެވެ.

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕޮލޮމާ އޮތުން ނުވަތަ ޑިޕޮލޮމާއެއް އޮތުމާއެކު ގުޅޭދާއިރާއިން 3(ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • ރޭޑިއޯ އާއި ޓީވީއާއި އޮންލައިނާއި އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށްވެސް ޚަބަރާއި ރިޕޯރޓްހަދާ ހުށަހެޅުމާއި ،އޮންކެމެރާ ސްޓޭންޑަޕްސް ހެދުމާއި، އިވެންޓްތައް ރޭޑިއޯ އަށާއި ޓީވީއަށް ލައިވްކުރުން.
  • ރޭޑިއޯ/ޓީވީ/އޮންލައިނަށް ޚަބަރާއި ރިޕޯޓާއި އަދި ސްކްރިޕްޓްލިއުމާއި، ކޮޕީ އެޑިޓްކުރުން ނުވަތަ ރިރައިޓްކުރުން ވީޑިއޯ/ އޯޑިއޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން.
  • ނިވްސް އިންވެންޓްތަކުގެ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމާއި، ނިއުސް ފޯރަމަށް ޚަބަރު ޕްރޫޕް ރީޑްކުރުން
  • ސްކްރިޕްޓްތައް  އެޑިޓްކޮށް ޕްރޫޕް ރީޑް ކުރުން.
  • ސްކްރިޕްޓްތަކާއި، ބޭރުގެ ޚަބަރުތައް ޓްރާންސްލޭޓް ކުރުން (ދިވެހި އިނގިރޭސިއަށް/ އިނގިރޭސި ދިވެއްސަށް)
  • އިވެންޓްތައް ކަވަރ ކުރަން ރަށުގައި، އަދި ރަށުން ބޭރުގައި ޙަރަކާތްތެރިވުން.
  • ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ރޮގުން އާޚިޔާލާއި އުފެއްދުންތައް ޕީއެސްއެމްގެ ހުރިހާ މީޑިއާތަކަށް ގެނެސްދިނުން.
  • ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ރޮގުން އާޚިޔާލާއި އުފެއްދުންތައް ޕީއެސްއެމްގެ ހުރިހާ މީޑިއާތަކަށް ގެނެސްދިނުން.
  • ކަރަންޓް އެފެއާރޒް ޕްރޮގްރާމްތައް އުފައްދާ ހުށަހަޅާދިނުމާއި، މިކަންކަން ކުރުމަށް އެހީތެރިވެދިނުން.
  • ނިވްސް ޑޮކިއުމެންޓްރީ އުފެއްދުން ނުވަތަ އުފެއްދުމަށް އެހީތެރިވުން.
  • ރޭޑިއޯ ޓީވީ އިން ޚަބަރާއި ޕްރޮގްރާމް ޕްރެޒެންޓްކުރުން
  • ރޭޑިއޯ /ޓީވީ ޕްރޮގްރާމްތައް ޕްރޮޑިއުސް ކުރުން ނުވަތަ އެހީތެރިވެދިނުން، ޕްރޮޑިއުސްކުރުމުގައި ޕްރޮޑިއުސަރެއްގެ ރޯލާއި ޒިންމާ ފުރިހަމަ އަށް އަދާކުރުން.
  • ކޮންސޯލް އޮޕަރޭޓްކުރުމާއި ސްޓޫޑިއޯގައި ޙަރަކާތްތެރިވުމާއި،  އެހީތެރިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 އޮގަސްޓް 8 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ,30002683000210 އާއި ގުޅުއްވުން އެދެމެވެ.

                           19 ޒުލްޤައިދާ 1439

02 އޮގަސްޓް 2018
ހޯދާ