މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސްއިން މުޢާމަލާތް ކުރަންބޭނުންވާ ފަރާތްތައް ހޯދުމާބެހޭ

އިމްޕޯޓް ޑިއުޓީ އަދި އެހެނިހެން ގޮތްގޮތުން ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ކަސްޓަމްސްއަށް ދީފައިވާ އެޑްރެސް ބަދަލުވުމުން، އެޑްރެސް ބަދަލުވިކަން ކަސްޓަމްސްއަށް އަންގާފައިނުވުމާއި، ކަސްޓަމްސްއަށް ދީފައިވާ އެޑްރެހަށް ފޮނުވާ ސިޓީ ބަލައިނުގަތުމާއި، އެފަރާތްތަކަށް ގުޅޭނެކަމަށް ކަސްޓަމްސްއަށް ދީފައިވާ ފޯނު ނަންބަރުން އެފަދަ ފަރާތްތަކަށް ގުޅޭގޮތް ނުވުމުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށްވެސް އެފަރާތްތަކާ މުޢާމަލާތް ކުރެވޭނެމަގު ތަނަވަސް ނުވުމުގެ ސަބަބުން ކަސްޓަމްސްއިން އެފަރާތްތަކާއެކު މުޢާމަލާތް ކުރެވިފައިނުވާ ފަރާތްތަކުގެ ތެރެއިން ކަސްޓަމްސްއަށް ފައިސާ ނުދައްކާތާ މީލާދީގޮތުން 2 (ދޭއް) މަސްދުވަސްވެފައިވާ ފަރާތްތަކާމެދު މިދަންނަވާ ގޮތުގެމަތިން ޢަމަލުކުރުމަށް ހަމަޖައްސައިފީމެވެ.

  1. ކަސްޓަމްސްއަށް ފައިސާ ދައްކަންޖެހި، އެފައިސާ ނުދައްކާ 2 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ނަންތައް ކަސްޓަމްސްގެ ނޯޓިސްބޯޑުގައި ހާމަކުރުމާއެކު، މި ލިސްޓު ކަސްޓަމްސްގެ ވެބްސައިޓުގައި ޝާޢިޢު ކުރެވޭނެއެވެ. މިގޮތަށް ހާމަކުރެވޭ ލިސްޓުގައިވާ ފަރާތްތަކުގެ ނަންތައް އެފަރާތްތަކުން ކަސްޓަމްސްއަށް ފައިސާ ދެއްކުމާ ހަމަޔަށް ކަސްޓަމްސްގެ ނޯޓިސް ބޯޑުގައްޔާއި ކަސްޓަމްސްގެ ވެބް ސައިޓުގައި ޢާންމު ކުރެވޭނެއެވެ.
  2. ކަސްޓަމްސްގެ ނޯޓިސް ބޯޑުގައްޔާއި ކަސްޓަމްސްގެ ވެބް ސައިޓުގައި އެފަރާތްތަކުގެ ނަންތައް ހާމަކުރާތާ 30 ދުވަހުގެ ތެރޭގައި އެފަރާތްތަކުން ފައިސާ ނުދައްކައިފިނަމަ، ނުވަތަ އެއްވެސް ސަބަބަކާހުރެ އެފަރާތްތަކާ މުޢާމަލާތްކުރެވޭގޮތް ނުވެއްޖެނަމަ، އެފަރާތެއްގެ މަޢުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާޢިއު ކުރެވޭނެއެވެ.
  3. ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާޢިއު ކުރާތާ 20 ދުވަހުގެ ތެރޭގައި އެފަރާތްތަކުން ފައިސާ ނުދައްކައިފިނަމަ ނުވަތަ އެއްވެސް ސަބަބަކާހުރެ އެފަރާތްތަކާ މުޢާމަލާތްކުރެވޭގޮތް ނުވެއްޖެނަމަ، އެފަރާތެއްގެ މައުލޫމާތު ޓީވީ ނުވަތަ ރޭޑިޔޯ މެދުވެރިކޮށް އިޢުލާނު ކުރެވޭނެއެވެ.
  4. އިމްޕޯޓް ޑިއުޓީ އަދި އެހެނިހެން ގޮތްގޮތުން ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި، މަތީގައިވާ ގޮތަށް ޢަމަލުކުރުމުންވެސް ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ.

ވީމާ، 1 ޖަނަވަރީ 2014 އިން ފެށިގެން މަތީގައިވާ ގޮތަށް ޢަމަލުކުރެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.  

     15 ޞަފަރު   1435

18 ޑިސެންބަރު 2013
ހޯދާ