ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އީ-ސަރވިސް ސަޕޯޓް ޓެކްނީޝަނެއް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލް، މަސައްކަތައް ޝައުޤުވެރިކަންހުރި މީހުން ހޯދަން ބޭނުންވެއެވެ.

 

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

01 އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި އިތުރުގަޑީގައި މަސައްކަތްކުރެވެންވާނެއެވެ)

އުޖޫރަ:

އަސާސީ މުސާރަ -/4,465 ރުފިޔާ

ސަރވިސް އެލަވަންސް 3,062/75 ރުފިޔާ

 

ފެންވަރު/ޝަރުތު

ޖީ.ސީ.އީ އޯ ލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާގެ އަސާސީ ތައުލީމު ލިބިފައިވުން

 

މިމަޤާމަށް މީހުން ހޮވުމުގައި އައި.ޓީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 (މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

 

މައިގަނޑު މަސައްކަތްތައް:

  1. ދައުލަތާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އައި.ސީ.ޓީ ވަސީލަތްތައް ދެނެގަނެ، އެތަކެތި ހޯދައި، ބޭނުންވާ އިދާރާތަކަށް ތަކެތި ހަމަޖެހިފައިވާ އުސޫލުގެމަތިން ދޫކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  2. ދައުލަތާއި ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރާ ނުވަތަ ބޭނުންވާ ސޮފްޓްވެއަރތަކުގެ ފައިދާ އެންމެ ފުރިހަމައަށް ހިފުމަށްޓަކައި އެތަކެތި ބޭނުންކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ދެނެގަނެ، އެފަދަ ޕްރޮގްރާމްތައް އިންތިޒާމްކޮށް، އެކިއިދާރާތަކާއިއެކު ވިލަރެސްކޮށް، ތަމްރީނު ޕްރޮގްރާމްތައް ހިންގަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  3. ޕްރޮޖެކްޓްގެ އިންވެންޓްރީ އަދާއިހަމަކޮށް ބަލަހައްޓަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  4. ކަނޑައެޅިފައިވާ ލަނޑުދަނޑުތައް ހާސިލްކުރުމަށް ޑިވިޝަންގެ އިސްވެރިޔާއަށް އެހީތެރިވުން
  5. ދައުލަތާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ސޮފްޓްވެއަރތައް ހޯދުމަށް ހެދިފައިވާ އެއްބަސްވުންތަކާއިގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުން
  6. އީ-ގަވަރމަންޓްގެ ޚިދުމަތްތައް ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރަން ފެށުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. އީ-ގަވަރމަންޓް ނިޒާމުގެ މަސައްކަތް އެންމެ ފުރިހަމަކޮށް އަދި ހަލުވި ކަމާއި އެކު ކުރިއަށް ގެންދިއުމަށް މިއޮފީހުގެ ހެލްޕްޑެސްކް އިން ބޭނުންވާ އެހީ ފޯރުކޮށްދިނުން
  8. އީ-ގަވަރމަންޓްގެ ޚިދުމަތްތަކަށް އަހުލުވެރިކުރުމަށް ބޭނުންވާ ޓްރޭނިންގ މެޓީރިއަލް، އެފް.އޭ.ކީއު، ޔޫސަރ މެނުއަލް އަދި އެހެނިހެން ލިޔެކިއުން ތައްޔާރުކުރުމާއި ތަމްރީނު ދިނުން.
  9. އީ-ގަވަރމަންޓްގެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  10. ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްތަކަށް މިއިދާރާއިން ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ރަށްރަށަށް ދިއުމަށް ދަތުރު ހަމަޖެއްސުމާއި އެރަށްރަށަށް ދަތުރުކޮށް  ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  11. އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

 

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

 

 

ހުށަހަޅަންޖެހޭ ތާރީޙް:  މި މަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 12 އޯގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ހުށަހެޅުއްވުން އެދެމެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000 334 (960) މި ނަންބަރަށެވެ.

 

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960)

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

 

19 ޛުލްޤައިދާ 1439

01 އޯގަސްޓް 2018

01 އޮގަސްޓް 2018
ހޯދާ