މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމު:

ފައިނޭންޝިއަލް އެނަލިސްޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/13000 ރުފިޔާ

އެލެވަންސް

  1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ
  2. ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން
  3. ފޯން އެލަވަންސް: -/300 ރުފިޔާ
  4. ސެޓިފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ %40

 

ފެންވަރު ނުވަތަ ޝަރުތު:

  • އޭ.ސީ.ސީ.އޭ ނުވަތަ ސީ.މާ މެމްބަރޝިޕް ޙާޞިލު ކޮށްފައިވުމާއެކު މެނޭޖްމަންޓް މަޤާމެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އެކައުންޓިންގ/ ފައިނޭންސް ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

 މަސްއޫލިއްޔަތު:

  • ކޯޕަރޭޝަނުންގެ ފަރާތުން އިންވެސްޓް ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި އެކަމަށް ބޭނުންވާ ޕްރޮޕޯޒަލް ތައްޔާރުކޮށް އަދި އިންވެސްޓްމަންޓް އެސެސްމަންޓް ރިޕޯޓުތައް ތައްޔާރުކޮށް ބޯޑަށް ހުށަހެޅުން.
  • ކޯޕަރޭޝަންގެ ފަރާތުން ކުރެވޭ އިންވެސްޓްމަންޓްތައް މެނޭޖްކުރުން.
  • ކޯޕަރޭޝަނުން ދުވަހުން ދުވަހަށް ކުރެވޭ މާލީ މުޢާމަލާތްތަކުގެ ރެކޯޑުތައް، ކޯޕަރޭޝަންގެ ޤަވާއިދާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި މާލިއްޔަތު ޤާނޫނުގެ ހަމަތަކާ އެއްގޮތަށް ބެލެހެއްޓުން.
  • އެކައުންޓިންގ އަދި ފައިނޭންސް ޑިޕަރޓްމަންޓްގެ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ބަޖެޓުން ކުރެވޭ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، މަހުން މަހަށް ހަދަން ޖެހޭ ރިޕޯޓުތައް ހެދުމާއި ބޭނުންވެއްޖެ އެހެން ޙާލަތްތަކުގައި ބަޖެޓު ބާކީގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އެރުވުން.
  • މަހުން މަހަށް އަދި ކޮންމެ ތިން މަހުން އެއްމަހު ނިންމަންޖެހޭ މާލީ ރިޕޯޓުތައް ނިންމައި ކަމާބެހޭ ފަރާތްތަކަށް ޙިއްޞާކުރުން.
  • ކޯޕަރޭޝަނުން ތައްޔާރުކުރެވޭ އެހެނިހެން ރިޕޯޓުތަކަށް ފައިސާއާ ބެހޭގޮތުން މަޢުލޫމާތު ބޭނުންވެއްޖެ ޙާލަތްތަކުގައި، އެކަށޭނަ ވަގުތުގައި ޙިއްޞާކުރުން.
  • ކޯޕަރޭޝަނުން ކުރާ ޙައްޖު ޢުމްރާ ދަތުރުތަކުގެ ހިސާބުތައް ޙައްޖު ނުވަތަ ޢުމްރާ ދަތުރު ނިމޭތާ 02 ހަފުތާގެ ތެރޭގައި ތައްޔާރުކޮށް، ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓަށް ހުށަހެޅުން.

 

މަޤާމު:

އެސިސްޓަންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/6000 ރުފިޔާ

އެލެވަންސް

  1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ
  2. ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން
  3. ފޯން އެލަވަންސް: -/300 ރުފިޔާ
  4. ބޯޑް އެލަވަންސް: -/3000 ރުފިޔާ
  5. ސެޓިފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ %40

ފެންވަރު ނުވަތަ ޝަރުތު:

  • ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
  • ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން. އަދި އަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • މި ކޯޕަރޭޝަންގެ އެކިއެކި ކަންކަމުގައި ޤާނޫނީ ލަފާ ދިނުމާއި އެކަމާ ގުޅޭ މަސައްކަތް ކުރުން.
  • ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި މި ކޯޕަރޭޝަނާ ދެމެދު ވެވޭ އެއްބަސްވުންތައް ތައްޔާރު ކުރުމާ އެކަމާ ގުޅޭ އެންމެހާ މުޢާމަލާތްތައް ކުރުން.
  • ކޯޓުތަކުގައި ކޯޕަރޭޝަން ތަމްސީލުކުރުމާއި، ކޯޓުތަކަށް ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާއި، ކޯޕަރޭޝަންގެ ޤާނޫނުތަކާއި ޤަވާއިދުތައް އިޞްލާޙްކުރުން.
  • ކޯޕަރޭޝަންގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދެފަރާތުން ވެވޭ އެއްބަސްވުން ތައްޔާރުކުރުން.
  • ކަސްޓަމަރުންނާ ޖެހޭ މައްސަލަތަކުގައި ކޯޕަރޭޝަނަށް ޤާނޫނީގޮތުން އެހީތެރިވެދިނުން.
  • ކޯޕަރޭޝަނާ ގުޅުންހުރި ލިޔެކިޔުންތައް ދިވެހި ބަހުން އިނގިރޭސި ބަހަށް އަދި އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރުން.
  • ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރގެ ލަފާގެ ދަށުން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު ޖަލްސާތަކުގެ އެންމެހައި އިންތިޒާމްތައް ބެލެހެއްޓުން.
  • ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާ ތަކުގެ ޔައުމިއްޔާ އާއި އިދާރީ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ކޯޕަރޭޝަންގެ އޮޕަރޭޝަނަލް ރިޕޯޓް އެކުލަވާލާ ޑިރެކްޓަރުންގެ ބޯޑަށް ފޮނުވުން.
  • ކޯޕަރޭޝަންގެ ފަރާތުން އެކި ފަރާތްތަކާއެކު ހެދޭ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ" (އެމް.އޯ.ޔޫ) ތައް އެކުލަވާލުމާއި އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ޑިރެކްޓަރުންގެ ބޯޑުން ނިންމާ ކަންކަން ތަންފީޒު ކުރެވެމުންދާ މިންވަރު ބަލާ އެކަންތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑާ ޙިއްޞާކުރުން.
  • ޑިރެކްޓަރުންގެ ބޯޑުން ނިންމާ ކަންކަމަށް ތައްޔާރު ކުރަންޖެހޭ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރު ތައްޔާރު ކުރުމާއި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ކުންފުނީގެ ފަރާތުން ކުރާ އެންމެހައި ކަންތައްތަކުގެ ތެރެއިން ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ޑިރެކްޓަރުންގެ ބޯޑަށް ލަފާދިނުން.
  • ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމަށްޓަކައި ތައްޔާރު ކުރަންޖެހޭ ބޯޑު ކަރުދާސް ތައްޔާރުކޮށް ބޯޑަށް ހުށަހެޅުން.

 

މަޤާމު:

ހެޑް އޮފް ބިޒްނަސް ޑިވަލޮޕްމަންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/10000 ރުފިޔާ

އެލެވަންސް

  1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ
  2. ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން
  3. ފޯން އެލަވަންސް: -/300 ރުފިޔާ
  4. ސެޓިފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ %40

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމެންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ޙާޞިލް ކޮށްފައިވުމާއެކު 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ކޯޕަރޭޝަންގެ ސްޓްރެޓެޖިކް ޕޮލިސީ ތަންފީޒު ކުރުމުގައި މެނޭޖިންގ ޑިރެކްޓަރަށް އެހީތެރިވެދިނުން.
  • ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބޭނުންވާނެ ކަންކަން ދިރާސާކުރުމާއި އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުން.
  • ކޯޕަރޭޝަންގެ އަހަރީ ރިޕޯޓް އަދި ކުއަރޓަލީ ރިޕޯޓް ޤަވާއިދުން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޮންމެ އަހަރެއްގެ ބިޒްނަސް ޕްލޭން ތައްޔާރު ކުރުމާއި ކޯޕަރޭޝަންގެ މަސައްކަތްތަކުގެ ތެރެއިން ތައްޔާރުކުރަންޖެހޭ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުށަހެޅުން.
  • ކޯޕަރޭޝަނުން އެކުލަވާލާ ޚާއްސަ ރިޕޯޓްތަކަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ތަފާސް ހިސާބު ބަލަހައްޓާ ތަހުލީލުކޮށް ރިޕޯޓް ތައްޔާރުކުރުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން ހަވީރު 14:30 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި ވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން މި ފޯމު ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 05 އޮގަސްޓް 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

31 ޖުލައި 2018
ހޯދާ