އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2018 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

ނަންބަރު:A)CA-2018/170)

އިޢުލާން

ރިޔާސީ އިންތިޚާބު 2018 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

މި ކޮމިޝަނުގެ ނަންބަރު A)CA-2018/166) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. ޙަވާލާދީފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ މުއްދަތު 2018 އޮގަސްޓް 10 ވާ ހުކުރުދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އިތުރު ކުރުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަންގެ 3 ވަނަ ފަންގިފިލާއަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ 2018 ޖުލައި 23 ވާ ހޯމަ ދުވަހުން ފެށިގެން 2018 އޮގަސްޓް 10 ވާ ހުކުރު ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ން ޑައުންލޯޑު ކުރެވޭނެ ވާހަކަވެސް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

12 ޛުލްޤަޢިދާ 1439

25 ޖުލައި 2018
ހޯދާ