މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން.

އިޢުލާން

   ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން.

                 ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް މިކައުންސިލުން ނިންމާފައިވާތީ، ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ބިޑްހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.

    މިބިން ކުއްޔަށް ދެވޭނެ އުސޫލުތައްހިމެނޭ ބިޑްފޮތް 30 ޖުލައި 2018 ވާ ހޯމަ ދުވަހުން ފެށިގެން 06 އޮގަސްޓް 2018 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާއިދެމެދު މިކައުންސިލުން ލިބެންހުނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/1000 (އެއްހާސް ރުފިޔާ) އެވެ. އަދި ބިޑްފޮތް ބައްލަވާގަންނަވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރީޚްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

 

ތަން

ތާރީޚް

ދުވަސް

ގަޑި

ބިޑް މަޢުލޫމާތު ދިނުން

ކ.ގުރައިދޫ ކައުންސިލް އިދާރާ

06 އޮގަސްޓް 2018

ހޯމަ

11:00

ބިޑް ހުށައެޅުން

ކ.ގުރައިދޫ ކައުންސިލްގެ އިދާރާ

13 އޮގަސްޓް 2018

ހޯމަ

11:00

                 މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑް މަޢުލޫމާތު ބައްދަލުވުމަށް ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.   

                 މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ޖުލައި 2018
ހޯދާ