ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

މަސްޖިދުއް ދާރުއްސަލާމްގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 24 ޖޫން 2018ގެ ނަންބަރު: (IUL)328-ED/INDIV/2018/05 އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފްކުރަން ހާޒިރުވެފައިނުވާތީ، އެއިޢްލާން ބާޠިލްކޮށް އަލުން އިޢްލާން ކުރީމެވެ.

މަސްޖިދުއް ދާރުއްސަލާމްގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

    ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖުލައި 2018ވާ (އަންގާރަ) ދުވަހުގެ 10:30 އަށް ކުރެންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އޯގަސްޓް 2018ވާ (ބުދަ) ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

   މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކުފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ސިޓީ އަކާއިއެކު، އައި.ޑީ.ކާރޑުގެ ކޮޕީ އެއް ފޮނުވަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސުންގަޑީގެ ކުރިންނާއި ފަހުން މަޢުލޫމާތު ދޭގޮތަށް ހަމަޖެހިފައި ނުވާ ވާހަކައާއި، މަޢޫލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީ ހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައި ނުވާވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

22 ޖުލައި 2018
ހޯދާ