ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެލައްވާ ކޮމިޓީ އެކުލަވާލުން

"ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢީދު" ގައިވާ ގޮތުގެމަތިން، ގޯތި ދޫކުރުމަށް ހުށަހަޅާ ފޯމްތައް ޗެކުކުރުމާއި ޝަރުޠު ހަމަވާ ފަރާތްތައް ކަނޑައެޅުމަށްޓަކާ ގޯތި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގައިވާ ގޮތުގެމަތިން 09 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމުގައި، ޢާންމުންގެ ތެރެއިން 04 މެމްބަރުން ހިމެނުމަށް ބޭނުންވެގެން ކުރެވުނު އިޢުލާން (IUL)264/PRIV/2018/20 (11 މާޗް 2018) އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން މިކަމަށް ހުޅުވާލަމެވެ.

 

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ޖުލައި 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

11 ޖުލައި 2018
ހޯދާ