ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު ކުނިކޮށީގެ މަސައްކަތު މީހެއްގެ ވަޒީފާ

ނަންބަރު: (IUL)262/262/2018/43

އިޢުލާން

           

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްއެވެ.

 

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

 

ބޭނުންވާ ޢަދަދު:

2 ( ދެއެއް)

މަޤާމުގެ ގިންތި:

ވަގުތީ ( ކޮންޓްރެކްޓް 12 މަސް )

ސެކްޝަން:

 

މަޤާމު އޮތް އޮފީސް:

ހދ.ނޮޅިވަރަންފަރު ކައުންސިލުގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކުނި ކޮށީގައި ( ވަގުތީ ކުނި ކޮށި )

މަސްކަތް ކުރަންޖެހޭ ގަޑި:

ހެނދުނު 7:00 އިން 11:00އަށް އަދި މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް

މުސާރަ:

މަހަކު 5000/- ރ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުނިކޮށިގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރުން.
  2. ގޭގެއިން ކުނިކޮށްޓަށް ގެންނަ ކުނީގެ ބާވަތްތައް ވަކިކޮށް އެބަޔަކަށް ޚާއްޞަ ކުރެވިފައިވާ ބަޔަށް ކުނިތައް އެޅުން.
  3. އެންދޭ ބާވަތުގެ ކުނި ވަކިކޮށް ކުނި އެންދުމަށް ޚާއްޞަކޮށްފައިވާ ބައިގައި ކުނި އެންދުން.(އާކުނިކޮށިހުޅުވުމުން ކާދުހެދުމުގެ މަސައްކަތްކުރުން )
  4. ކުނިކޮށީގެ އެންމެހައި މަސައްކަތް ކައުންސިލުގެ ލަފާގެ މަތިން ކުރުން.
  5. ބަނދަރުމަތީގައި ބަހައްޓާފައިހުންނަ ޑަސްބިން ކުނިކޮށްޓަށް ގެންދިއުމާ ޑަސްބިންސާފުކުރުމަށްފަހު ބަނދަރަށް ގެންދިއުން

މަޤާމުގެ ޝަރުތުތައް:

  1. އުމުރުން 18 އަހަރު ފުރިފައި ވުމާއި އެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ސަލާމަތުންހުރި، ލިޔަން ކިޔަން އެނގޭ މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ރީތިކޮށް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ކައުންސިލު އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖުލައި 2018 ވަނަދުވަހުގެ 11:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެ އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ މި ކައުންސިލު އިދާރާ ގައެވެ. އިންޓަވިއުއަށް ޙާޟިރުވުމަށް، ފޯމު ހުށަހެޅި ފަރާތްތަކަށް ފޯނުން ގުޅާނެ އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520045 ނަންބަރަށެވެ.

 

        24 ޝައްވާލް 1439

        08  ޖުލައި  2018

     

 

 

08 ޖުލައި 2018
ހޯދާ