ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ.

 

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކުގައި 2018ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި ކިޔަވައިދެއްވުމަށް ތިރީގައި މިދަންނަވާ ދާއިރާތަކަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާ:

މާއްދާ / މަސައްކަތް އޮންނަ ރަށް

  1. ކްލާސްރޫމް މެނޭޖްމެންޓް (EST213) / ގދ.ތިނަދޫ
  2. އިންޓްރޮޑަކްޝަން ޓު ސެޕްޝަލް އެޑިޔުކޭޝަން (EST311) / ގދ.ތިނަދޫ، ހދ.ކުޅުދުއްފުށި
  3. އެސެސްމެންޓް އެންޑް އިވެލުއޭޝަން (EST207) / ފ.ނިލަންދޫ
  4. އިންޓްރޮޑަކްޝަން ޓު ސެޕްޝަލް އެޑިޔުކޭޝަން (EST311) / ރ.ދުވާފަރު، ބ.އޭދަފުށި،  ދ.ކުޑަހުވަދޫ، ޏ.ފުވައްމުލައް
  5. ޑިވެލޮޕްމެންޓަލް ސައިކޮލޮޖީ (EST101) / ހދ.ކުޅުދުއްފުށި
  6. އިންޓްރޮޑަކްޝަން ޓު ކަރިކިޔުލަމް ސްޓަޑީޒް- ދިވެހި (CST101) / ހދ.ކުޅުދުއްފުށި
  7. ކޮމްބައިންޑް ސްޕޯރޓްސް (PHE203) / ކ.މާލެ
  8. މޮޓޯ ލާރނިންގ އެންޑް ސްކިލް ޑިވެލޮޕްމެންޓް (PHE303) / ކ.މާލެ
  9. ޖިމްނާސްޓިކްސް (PHE107) / ކ.މާލެ
  10. އާރޓް އެޑިޔުކޭޝަން 1 (ART205) / ކ.މާލެ، ހދ.ކުޅުދުއްފުށި، ގދ.ތިނަދޫ، ޅ.ނައިފަރު
  11. އެކްސްޕްލޯރިންގ ކްރިއޭޓިވިޓީ ތްރޫ ދި އާރޓްސް (ART207) / ހދ.ކުޅުދުއްފުށި
  12. ޓީޗިންގ އެންޑް ލާރނިންގ އިސްލާމް (CST121) / ހދ.ކުޅުދުއްފުށި

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

400-300 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/275ރ. ،200 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ.، 100 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345308  ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި: 2018 ޖުލައި 9 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުއްވާނީ [email protected]އަށެވެ.

04 ޖުލައި 2018
ހޯދާ