ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

އިއުލާން

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ސެންޓަރ ފޯރ އޯޕަން ލާރނިންގ

މާލެ، ދިވެހިރާއްޖެ

މިސެންޓަރުން މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ހިންގާ އެޑްވާންސް ސެޓްފިކެޓް ، ޑިޕްލޮމާ އަދި ބެޗްލާރސް ޑިގުރީ ކޯސްތަކުގައި ކިޔަވައިދެއްވުމަށް ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

އަތޮޅާއި ރަށް

މާއްދާތައް

ކ.މާލެ

ހިއުމަން ރިސޯސް ޕްލޭނިންގ، ޕާރފޯމަންސް އެންޑް ރިވާރޑްސް، އެމްޕްލޮއިމަންޓް ރިލޭޝަންސް، ބިޒްނަސް ކޮމިއުނިކޭޝަން، ޕަބްލިކް ފައިނޭންސް އެންޑް ޕުރޮސީޖާރސް، ދިވެހި ބަސް، ކޮލެޓީ އިން ހެލްތް ކެއަރ،     

ހދ.ކުޅުދުއްފުށި

ހިއުމަން ރިސޯސް ޕްލޭނިންގ، ޕާރފޯމަންސް އެންޑް ރިވާރޑްސް، އިމްޕްލޮއިމަންޓް ރިލޭޝަންސް، ބިޒްނަސް ކޮމިއުނިކޭޝަން

ނ.ކެނދިކުޅުދޫ

ޓީޗިންގ އެންޑް ލާރނިންގ ސައިންސް، ޓީޗިންގ އެންޑް ލާރނިންގ މެތްސް 2، ކޮމްބައިންޑް ސައިންސް 2

ޝަރުތު:

މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓާރސް ޑިގުރީ ހާސިލްކޮށްފައިވުން ނުވަތަ މާއްދާއާ ގުޅޭ ދާއިރާއިން ބެޗިލާރސް ޑިގްރީ ހާސިލްކޮށްފައިވުމާ އެކު ޓާރޝިއަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެއިތުރަށް މާކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާ އެކު ހުށައަޅަންޖެހޭ ތަކެތި

1- ވަޒީފާއަށް އެދި ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާތަކާއި ދަތުރުކުރެވޭނެ ރަށް އެގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މައުލޫމާތު

- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ހަފްތާ ބަންދުތަކުގައެވެ.

- މިމަޤާމްތަކަށް މީހުން ހޮވުމުގައި އެ އަތޮޅެއްގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިސެންޓަރުގެ ނަމްބަރު 3345217، 3342187 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑު

10 ޖުލައި ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ c[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

     

                            20 ޝައްވާލު 1439

04 ޖުލައި 2018
ހޯދާ