މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑުގެ ލައިސަންސް ނެގުމަށް ކައުންސިލްގެ ފަރާތުން ރަށު ރައްޔިތުން ތުލުސްދޫއަށް ގެންގޮސް ދިނުމާއި ގެނެސް ދިނުން

      އެއްގަމާއި ކަނޑުގެ ލައިސަންސް ނަގަން ބޭނުންވާ ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި ތުލުސްދޫ އަށް ދަތުރު ކުރުމުގެ ޚިދުމަތް އަހަރަކު 3 ފަހަރު މިކައުންސިލުން ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

      މިގޮތުން މިއަހަރުގެ ފުރަތަމަ ބުރުގައި ލައިސަންސް ނެގުމަށް ދާންބޭނުންވާ ފަރާތްތަކުން 03 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގައި ނަންނޯޓް ކުރެއްވުން އެދެމެވެ.

      މިޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިންމަފުށީ ރައްޔިތުންނަށާއި މިރަށުގައި ދިރިއުޅޭ މީހުންނަށެވެ. އަދި މިކައުންސިލުން ކޮށްދޭނެ ކަމަކީ ހަމައެކަނި ތުލުސްދޫއަށް ގެންގޮސްދިނުމާއި އެބުރި ރަށަށް ގެނެސްދިނުމުގެ ދަތުރެވެ. އެހެން ހުރިހާ ޚަރަދެއް ކުރަންވާނީވެސް އެމީހަކު އަމިއްލައަށެވެ.

      ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖޫން 2018
ހޯދާ