ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް

   ނ. އަތޮޅުތަޢުލީމީމަރުކަޒު

      ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                                        ނަންބަރު: GS07/IUL/2018/007

 

އިޢުލާނު

މަޤާމް:އެޑްމިނިސްޓްރޭޓިވްއޮފިސަރ

 

މަޤާމުގެ ނަންބަރުJ133556

 

ބޭނުންވާ އަދަދު:01 (އެކެއް)

 

މަޤާމުގެ ގިންތި:ދާއިމީ

 

މަޤާމުގެ ރޭންކް:ޖީ. އެސް 3

 

މަޤާމުގެ ކްލެސިފިކޭޝަން:އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:ނ.އަތޮޅު ތަޢުލީމީ މަރުކަޒު / ނ.ވެލިދޫ

 

މުސާރަ:-/4465 ރުފިޔާ

 

ސަރވިސް އެލެވަންސް:-/1500 ރުފިޔާ

 

އެހެނިހެން އެލަވަންސް:-/700 ރުފިޔާ

ސެކްޝަން:ބަޖެޓް ސެކްޝަން

މަޤާމް އޮތް އޮފީސް:ނ.އަތޮޅުތަޢުލީމީމަރުކަޒު / ނ.ވެލިދޫ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.      ބަޖެޓާގުޅޭ ގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް މާލިއްޔަތުގެޤަވާއިދާ އެއްގޮތަށް ކުރުން.

2.      މަދަރުސާގެ އިންވެންޓްރީ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުން.

3.      ކިޔަވާދިނުމާއި ގުޅޭ މުވައްޒަފުންނާއި އިދާރީ މުވައްޒަފުންގެ ހާޟިރީއާއި، އަދި މުވައްޒަފުން ބޭރަށް ދުރުވުމަށް ނޯޓްކުރާ ފޮތްތަކުގައި ރޮގުދަމާ ބެލެހެއްޓުން.

4.      ފައިސާއާއިބެހޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.

5.      ފައިސާއާއިބެހޭ ގޮތުން ފުރިހަމަކުރަން ޙަވާލުކުރެވޭ ލިޔެކިޔުންތައް މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތަށް ލިޔެ ބެލެހެއްޓުން.

6.      އޮފީސް ތަޅުލުމަށް ޙާއްސަކުރެވިފައިވާ މުވައްޒަފަށް ހާޟިރުނުވެވޭ ދުވަސްދުވަހު ކަނޑައެޅިފައިވާ އުޞޫލުގެމަތިން މަދަރުސާގެ އެންމެހާ ޢިމާރާތްތަކާއި އޮފީސް ތަޅުލައި، ތަޅުދަނޑި ޕްރިންސިޕަލާއި ޙަވާލުކުރުން.

7.      ސެޝަނުގައި މަސައްކަތްކުރާ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ޙާޟިރުނުވާ ދުވަހެއްގައި އެމުވައްޒަފަކާއި ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ ، ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަމެއް، އިސްވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.

ވަޒީފާގެ މަސްޢޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން ވެރިޔަކު އެޑްމިނިސްޓްރޭޓިވް  އޮފިސަރެއްގެ ހައިސިއްޔަތުން ރަސްމީ ކަމެއް ޙަވާލުކުރުމަށް ޖެހިއްޖެ ހިނދެއްގައި ޙަވާލުކުރައްވާ މަސައްކަތެއް ވީއެންމެ ފުރިހަމަޔަށް ކުރުން.

 

 

މަޤާމުގެ ޝަރުޠުތައް: ސާނަވީ ނުވަތަ އެ އާ އެއް ފެންވަރު އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1.     ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.     ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.     ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

 ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

 ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިމަދަރުސާގެ އިދާރާއިން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޖުލައި 2018 ވާ ބުދަ  ދުވަހުގެ 14:00 ގެ ކުރިން، ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6560512 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،08 ޖުލައި 2018 އާއި 12 ޖުލައި 2018 އާ ދެމެދު، މިމަދަރުސާގެ އިދާރާގައެވެ.

 

 

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560019 ނަންބަރު އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ،6560512 އެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ. 

 

     

 

10 ޝައްވާލު 1439

24 ޖޫން 2018

  

24 ޖޫން 2018
ހޯދާ