ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުން

އިޢުލާން

ގދ. ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރާނޭ މުވައްޒަފުން ހޯދުން

މަޤާމް:

ޑްރައިވަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)  

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. މިއީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މަޤާމު އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ

މަޤާމުގެ މުސާރަ:

5,200.00 ރުފިޔާ  (ފަސް ހާސް ދުއިސައްތަ ރުފިޔާ) މަހަކަށް

މަސައްކަތުގެ ވަގުތު

6 ގަޑިއިރު (ކައުންސިލުން ނިންމާ ވަކި ގަޑިތަކެއްގައި) 

މަޤާމުގެ ޝަރުޠުތައް:

  1. ތަޢުލީމީ ގޮތުން އެންމެ ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން. ނުވަތަ ލިޔަން ކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
  2. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މަސައްކަތް ޙަވާލުކޮށް ކުނީގެ ކަންތައްތައް ސުޕަރވައިޒްކޮށް ބެލެހެއްޓުން.
  2. ސައިޓަށް ޖަމާވާ ކުނި މަސައްކަތްތެރިން ބޭނުންކޮށްގެން ކޮމްޕޯސްޓްކޮށް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  3. ގޭގެއިން ކުނި ނަގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖަމާކުރުން.
  4. މަގުމަތީގައާއި އިޖުތިމާޢީ ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކުން ކުނި ނަގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖަމާކުރުން.
  5. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ސައިޓަށް ޖަމާވާ ކުނީގެ ބާވަތްތަކުގެ ތެރެއިން، ރީޔޫސެބަލް އަދި ރީސައިކަލް ކުރެވިދާނެ ކުނި މަސައްކަތްތެރިން ބޭނުންކޮށްގެން ބައިބަޔަށް ބައިކުރުވުމާއި މެޝިން ބެނުންކޮށްގެން ރެޑިއުސްކޮށް ބަންޑެލިކޮށް ވަކިކޮށް ޖަމާކޮށް ބެލެހެއްޓުން.
  6. ކުނީގެ ބާވަތްތަކުގެ ތެރެއިން އަންދާލައިގެން ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ މަސައްކަތް ކުރުވުން.
  7. ސައިޓުގައި ހުންނަ މެޝިންތަކާއި ވެހިކަލްތައް ދޮވެ، ތެޔޮ ޖަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  8. ކުނި އަންދާ ބެޑްތައް ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން
  9. އުޅަނދާއި މެޝިނަރީއަށް ބޭނުންވާ ތެޔޮ އެޅުމާއި، ކަމާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުން.
  10. އުޅަނދާއި މެޝިނަރީފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  11. އުޅަނދުގެ ދަތުރުގެ ލޮގު ބެލެހެއްޓުމާއި، ރިޕޯޓްކުރުން.
  12. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި ރަނގަޅަށް މުޢާމަލާތުކުރުން.
  13. ރާއްޖޭގައި ހެދިފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް އިޙުތިރާމްކޮށް ޢަމަލުކުރުން.
  14. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
  15. އަދި މިނޫނަސް ކައުންސިލްގެ އިދާރާއިން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުމާއި ކުރުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނަޑެއްލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ  [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ޖުލައި 2018 އިން 04 ޖުލައި 2018 އާ ދެމެދު ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ޝޯޓް ލިސްޓް ކުރެވޭނީ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެކެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު:6840007 ފޯނަށް ގުޅުއްވައިގެންނާއި އީ-މެއިލް މެދުވެރިކޮށް އަދި މި އިދާރާއަށް ޙާޟިރުވެގެން ވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

07 ޝައްވާލް 1439

21 ޖޫން 2018

21 ޖޫން 2018
ހޯދާ