ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެޓްރޯޕޮލިސް ބިލްޑިންގ ގައި ހުރި ތަކެތި ހުސްކުރުމަށް އެންގުން

ނަޖާހް އާޓް ޕެލެސް ޕްރައިވެޓް ލިމިޓެޑުން ބޭނުންކުރަމުން ގެންދިޔަ މެޓްރޯޕޮލިސް ބިލްޑިންގ ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން މިކުންފުންޏާ ހަވާލުކުރިއިރު އިމާރާތުގައި ގިނަ އަދަދެއްގެ ތަކެތި ބަހައްޓާފައިވާތީ، އިމާރާތުގައި ބަހައްޓާފައިހުރި އެންމެހައި ތަކެތި 2018 ޖޫން 18 އިން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ގެންދިއުމަށް އަންގަމެވެ. އަދި މިމުއްދަތުގައި މިތަކެތި ގެންގޮސްފައިނުވާނަމަ، ހަމަޖެހިފައިސާ އުސޫލުން މިތަކެތި ނައްތާލެވޭނެކަން އަންގައި ޢާންމުކޮށް އިޢުލާން ކުރަމެވެ.

މެޓްރޯޕޮލިސް ބިލްޑިންގގައި ހުރި ތަކެތި ހުސްކުރުމާގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ މިކުންފުނީގެ ނަންބަރު 3344275 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

14 ޖޫން 2018
ހޯދާ