މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ސަލާމަތީ ކަންކަންބަލަހައްޓާ (އެމް.އެން.ޑީ.އެފް ) ގެ ކަނޑު އުޅަނދުފަހަރަށް ފައްތިޔާ ދޫކޮށްފައިވާ ޢިއްޒުއްދީނުމަގުގެ އިރުމަތީކަނުން ފެށިގެން ހިލާލީމަގުގެ ހުޅަނގުކަނާހަމައަށް ހިމެނޭ ފަޅުގެ ސަރަހައްދާ ބެހޭ.

މާލޭ ދެކުނުފަރާތު ފަޅުން އެމް.އެން.ޑީ އެފްގެ އުޅަނދުފަހަރު އަޅަން ފައްތިޔާ ދޫކޮށްފައިވާ  ސަރަހައްދަށް މިހާރަކަށް އައިސް އެމް.އެން.ޑީ.އެފްގެ އުޅަނދުފަހަރު ފިޔަވައި އެހެނިހެން ފަރާތްތަކުގެ އުޅަނދުފަހަރު އެސަރަހައްދަށް ވަދެ އަޅާފައިބޭއްވުމުގެ ސަބަބުން ވަރަށްގިނަ ތަފާތުު މައްސަލަތައް ދިމާވެ އަދި ބައެއްފަހަރު އެމް.އެން.ޑީ.އެފްގެ އޮޕަރޭޝަންތަކަށް ދަތިވަމުންދާކަން ފާހަގަކުރެވެެއެވެ. އިއްޒުއްދީނުމަގުގެ އިރުން ހިލާލީމަގުގެ ހުޅަނގުކޮޅު ބޮޑުތަކުރުފާނުމަގުގައި ޖަހާފައިހުރި ބޯޑާ ދެމެދު ހިމެނޭ ފަޅުގެ ސަރަހައްދުގައި އެމް.އެން.ޑީ.އެފްގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް އަޅާފައި ނުބޭއްވުމަށާއި، އަދި މިހާރު އެސަރަހައްދުގައި އަޅާފައި ހުރި އުޅަނދުފަހަރުވެސް  އެސަރަހައްދުން ނަންގަވައި ތަން ހުސްކޮށް ދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މާލޭ ސިޓީ ކައުންސިލާއި އެމް.އެން.ޑީ.އެފް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އެސަރަހައްދު ބަލަހައްޓަމުން ގެންދެވޭނެ ކަމަށާއި ، މި އިޢުލާނާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ގަވާއިދުން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ޢާންމުކޮށް އަންގައި ޢިއުލާނު ކުރީމެވެ.

              9   ޞަފަރު   1435

12 ޑިސެންބަރު 2013
ހޯދާ