އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ހޮސްޕިޓަލްގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަޤާމް:

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމްގެ ނަމްބަރ:

J-258893

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.3

މަޤާމްގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމް އޮތް އޮފީސް

އއ.އަތޮޅު ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ. އަތޮޅު ހޮސްޕިޓަލް/އެޑްމިން އެންޑް ހިއުމަން ރިސޯސް

މުސާރަ:

 -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

 -/1500 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް

 -/700 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

  1. އެޑްމިން އެންޑް ހިއުމަންރިސޯސް ސެކްޝަނުގެ އެންމެހާ މަސައްކަތްތައް އިސްކޮށް ކުރަމުންގެންދިއުމާއި، ދަށުން މަސައްކަތް ކުރަމުން ގެންދާ މުޥައްޒަފުންނާއި ޙަވާލު ކުރެވިފައިވާ މަސައްކަތްތައް  އިންތިޒާމުކޮށް ކުރުން.
  2. ބިދޭސީ މުޥައްޒަފުންގެ (ޑޮކްޓަރުންނާއި، ނަރުހުންނާއި، ޕެރަމެޑިކަލް ސްޓާފުންގެ) ވިސާ، ކޮންޓްރެކްޓް، ޕާސްޕޯޓް، ސަލާމް، ޗުއްޓީ ރެކޯރޑް ބަލަހައްޓާ ދުވަހުން ދުވަހަށް ކޮށްނިންމަމުން ގެންދިއުން.
  3. މުޥައްޒަފުންގެ ސަލާމާއި، ޗުއްޓީ ރެކޯރޑްތައް ބެލެހެއްޓުމާއި، ޗުއްޓީގެ ޕްލޭންތައް ތައްޔާރުކުރުން.
  4. މުޥައްޒަފުންގެ ޕާސަނަލް ފައިލް ބަލަހައްޓާ އަޕްޑޭޓްކޮށް އަދި  ލިޔެކިޔުންތައް ރައްކާތެރިކަންމަތީ ބެލެހެއްޓުން. (ދިވެހި އަދި ބިދޭސީ މުޥައްޒަފުން)
  5. މުޥައްޒަފުންނަށް އަންގާ އެންގުމާއި، ދެންނެވުން، އިލްތިމާސްތައް އަންގަމުން ގެންދިއުން.
  6. ވަޒީފާއާއިބެހޭ އެންމެހާ ކަންތައްތައް ކުރަމުންގެން ދިއުން. މީގެތެރޭގައި ވަޒީފާތަކަށް މީހުން ލެއްވުމާއި، ކުރިއެރުން ހޯދައި ދިނުމާއި، ފިޔަވާޅު އެޅުމާއި، ވަޒީފާއިން ވަކިކުރުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްކަތެއް ކުރަމުން ގެންދިއުން
  7. މުޥައްޒަފުންގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. (އުނިއިތުރު އަދި އައިބަދަލުތަކާއިއެކު)
  8. މުޥައްޒަފުންގެ ނޭމްޓެގް ހަދާ ބެލެހެއްޓުން.
  9. އޮގަނައިޒޭޝަން ޗާޓް ހަދާ އަޕްޑޭޓް ކުރަމުންގެންދިއުން.
  10. އިދާރީ މުވައްޒަފު ނެތިއްޖެ ހިނދެއްގައި އެ މަސައްކަތާއި ޙަވާލުވެ ކުރަމުން ގެންދިއުން.
  11. ސެކްޝަނުގައި މަސައްކަތް ކުރާ އެހެން މުޥައްޒަފުންގެ މަސައްކަތް ސްޕަވައިޒުކޮށް، އުފެއްދުންތެރި ގޮތެއްގައި މަސައްކަތްތައް ދުވަހުން ދުވަހަށްކޮށް ނިންމުމަށް ބާރުއަޅާ މަސައްކަތް ކުރުން
  12.  ހޮސްޕިޓަލްގައި ބޭނުން ކުރެވޭ އެންމެހާ ލިޔެކިއުންތައް ޢާއްމު ނުވާނޭ ގޮތެއްގެ މަތިން ރައްކާތެރި ކަމާއިއެކު ބެލެހެއްޓުން.

މަޤާމުގެ ޝަރުތު

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިންދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އއ.އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިންވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

ހ.މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ،  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

ށ. މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ހ. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ށ. އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް .

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

- އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2018 ޖުލައި  މަހުގެ ތެރޭގައި މި ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައެވެ.  ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން، ޖުލައި މަހުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

- މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެއަދަދު 10 އަށްވުރެ ގިނަނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

-  މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660645  ނަންބަރު ފޯނަށެވެ.

 

                            26 ރަމަޟޯން 1439

                            10 ޖޫން    2018

10 ޖޫން 2018
ހޯދާ