ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކ ގެ ޙިއްޞާދާރުންނަށް 2017 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ

އެސްޓީއޯ ޕލކ ގެ ޙިއްޞާދާރުންނަށް 2017 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ

2018 މޭ 30 ގައި ބޭއްވި މިކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި 2017 ވަނަ އަހަރުގެ ކުންފުނީގެ ފައިދާގެ ތެރެއިން ޙިއްޞާދާރުންނަށް ޙިއްޞާއަކަށް -/55ރ. (ފަންސާސް ފަސް ރުފިޔާ) ބެހުމަށް ފާސްކޮށްފައިވާތީ، 2018 ޖޫން 10 ވަނަ ދުވަހުން ފެށިގެން މިފައިސާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ މައި އޮފީހުން ދޫކުރަން ފެށޭނެ ވާހަކަ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ޙިއްޞާގެ ފައިދާ ބޭންކް އެކައުންޓްއަށް ޖަމާކުރުމަށް މިހާރު ރެޖިސްޓަރކުރައްވާފައިވާ ފަރާތްތަކުގެ އެކައުންޓަށް، 2018 ޖޫން 10 ގެ ނިއަލަށް ފައިސާ ޖަމާކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ޙިއްޞާގެ ފައިދާ ނަންގަވަން ވަޑައިގަންނަވާއިރު އައިޑީކާޑު ކޮޕީ ނުވަތަ ޙިއްޞާގެ ސެޓްފިކޭޓް ގެންނަވަންވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީއަކާއެކު ޙިއްޞާދާރު ސޮއިކުރައްވާފައިވާ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދައިން ހުށަހަޅުއްވާއިރު، ޙިއްޞާދާރުގެ އައިޑީ ކާޑު ނުވަތަ ޙިއްޞާގެ ސެޓްފިކޭޓްގެ ކޮޕީއެއްވެސް ހުށަހަޅުއްވަންވާނެއެވެ.

ބޭންކް އެކައުންޓްއަށް އަލަށް ޖަމާކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ބޭންކްއަށް ފައިދާ ޖަމާކުރުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކުންފުންޏަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިފޯމް ކުންފުނީގެ ވެބްސައިޓް އަދި މައި އޮފީހުގެ ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެއެވެ. މިފަދައިން ހުށަހެޅޭ ފޯމްތަކަށް ފޯމް ހުށަހަޅުއްވާތާ މަސްދުވަހުގެ ތެރޭގައި ޙިއްޞާގެ ފައިދާ ޖަމާކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ހަމަމިއާއެކު، މިހާތަނަށް ކުންފުނިން ދޫކޮށްފައިވާ ޙިއްޞާގެ ފައިދާ ނުނަންގަވާ ވާ ފަރާތްތަކުން އެފައިސާ ނެންގެވުމަށްވެސް އިލްތިމާސްކޮށް، ހަދުމަކޮށް އަރުވަމެވެ.

އިޚްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.

07 ޖޫން 2018

07 ޖޫން 2018
ހޯދާ