ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

c

 

SECRETARIATE OF THE FAADHIPPOLHU KURENDHOO COUNCIL

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

Lh. Kurendhoo

ޅ. ކުރެންދޫ،

Republic of Maldives

ދިވެހިރާއްޖެ

Economic Development

އެކޮނޮމިކް ޑިވެލޮޕްމަންޓް

                                

                                                                                                         ނަންބަރު: (IUL)328-ED/328/2018/25

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު:

 

               ކުރެންދޫ އިޖްތިމާޢީ ސަރަޙައްދުތައް އަލިކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ހޮޅިދަނޑިތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަމްބަރު: (IUL)328-ED/328/2018/21 (18 މާރޗް 2018) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

             

               ކުރެންދޫ އިޖްތިމާޢީ ސަރަޙައްދުތައް އަލިކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ހޮޅިދަނޑިތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

                 ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެ، ވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކާއި ގަޑިތަކަށް މަޢްލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ. މަޢްލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މަޢްލޫމާތު ސާފުކުރުން

12 ޖޫން 2018

އަންގާރަ

11:30 (ހެނދުނު)

އަންދާސީ ހިސާބު ހުށަހެޅުން

24 ޖޫން 2018

އާދީއްތަ

11:30 (ހެނދުނު)

 

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

 

                19   ރަމަޟާން  1439

 

                03   ޖޫން  2018  

03 ޖޫން 2018
ހޯދާ