ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތާއި އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 35ވަނަ ޤައުމީ މުބާރާތް - 2018

`

 

ދިވެހިބަހުގެ އެކެޑަމީ

   މާލެ،

 ދިވެހިރާއްޖެ.

                                                      ނަންބަރު: IUL)430-DBA-B/1/2018/10)

 

އިޢުލާނު

 

 

           2018ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 35ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ދޮރު މިހާރު ވަނީ ހުޅުވައިލައިފައެވެ. 2017ވަނަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މި ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަތުން ނޫނީ ކޮންޕިއުޓަރުން ލިޔެގެން އެކެޑަމީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށައަޅާ ގޮތަށެވެ.

 

  • މި ދެ މުބާރާތް ބެހިފައިވަނީ ތިރީގައި މިވާ ހަތަރު ބަޔަށެވެ.
  1. އިސްކޫލުތަކުގެ ބައި
  2. މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ / ކޮލެޖުތަކުގެ ބައި)
  3. އޮފީސް / ކުލަބް/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި
  4. އަމިއްލަފަރާތްތަކުގެ ބައި

 

1- އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 35ވަނަ ޤައުމީ މުބާރާތް

          

މުބާރާތުގައި މަޒުމޫނު ލިޔާނީ މި އެކެޑަމީން ކަނޑައަޅައިފައިވާ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކަށް އެ ބައިވެރިއަކު ބޭނުން މައުޟޫޢެއްގެ މައްޗަށެވެ.

އެ ދާއިރާތަކަކީ:

13 އަހަރުން ދަށުގެ އުމުރުފުރާ

1-      ބަހާއި އަދަބިއްޔާތު

2-      މިނިވަންކަމާއި ޤައުމިއްޔަތު

3-      ތާރީޚާއި ސަޤާފަތް

 

 

13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ

1-      ބަހާއި އަދަބިއްޔާތު

2-      މިނިވަންކަމާއި ޤައުމިއްޔަތު

3-      ތާރީޚާއި ސަޤާފަތް

4-      ސައިންސާއި ޓެކްނޮލޮޖީ

 

16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ

1-      ބަހާއި އަދަބިއްޔާތު

2-      މިނިވަންކަމާއި ޤައުމިއްޔަތު

3-      ތާރީޚާއި ސަޤާފަތް

4-      އިޤްތިޞާދާއި ވިޔަފާރި

 

18 އަހަރުން ދަށުގެ އުމުރުފުރާ

1-      ބަހާއި އަދަބިއްޔާތު

2-      މިނިވަންކަމާއި ޤައުމިއްޔަތު

3-      ތާރީޚާއި ސަޤާފަތް

4-      ޑިމޮކުރަސީއާއި އިންސާނީ ޙައްޤުތައް

 

18 އަހަރުން މަތީގެ އުމުރުފުރާ

1-      މިނިވަންކަމާއި ގައުމިއްޔަތު

2-      އިޤްތިޞާދާއި ވިޔަފާރި

3-      ޑިމޮކުރަސީއާއި އިންސާނީ ޙައްޤުތައް

4-      ބަހާއި އަދަބިއްޔާތު

 

މަތީ ތަޢުލީމުގެ ބައި

1-      މިނިވަންކަމާއި ޤައުމިއްޔަތު

2-      އިޤްތިޞާދާއި ވިޔަފާރި

3-      ޑިމޮކުރަސީއާއި އިންސާނީ ޙައްޤުތައް

4-      ބަހާއި އަދަބިއްޔާތު

 

އޮފީސް/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި

1-      މިނިވަންކަމާއި ޤައުމިއްޔަތު

2-      އިޤްތިޞާދާއި ވިޔަފާރި

3-      ޑިމޮކުރަސީއާއި އިންސާނީ ޙައްޤުތައް

4-      ބަހާއި އަދަބިއްޔާތު

 

(1) މަޒުމޫނު ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭނީ 3 އުމުރުފުރައެއްގައެވެ. އެއީ:

(ހ) 13 އަހަރުން ދަށުގެ އުމުރުފުރާ

(ށ) 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ

(ނ) 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ

 

(2) މަޒުމޫނު ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައެވެ. އެއީ:

(ހ) 18 އަހަރުން ދަށުގެ އުމުރުފުރާ

(ށ) 18 އަހަރުން މަތީގެ އުމުރުފުރާ

 

2- އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތް

 

       ވާހަކަ ލިޔާނީ އެ ބައިވެރިއަކު އިޚްތިޔާރުކުރާ ހާދިސާއެއްގެ މައްޗަށެވެ. ވާހަކައަށް ނަމެއް ދޭންވާނެއެވެ.

 

(1) ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައެވެ. އެއީ:

 (ހ) 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ

 (ށ) 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ

 

(2) ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައެވެ. އެއީ:

(ހ) 18 އަހަރުން ދަށުގެ އުމުރުފުރާ

(ށ) 18 އަހަރުން މަތީގެ އުމުރުފުރާ

 

މި ދެ މުބާރާތުގައި ބައިވެރިވުން 

 

(1)    މި ދެ މުބާރާތުންކުރެ ކޮންމެ މުބާރާތެއްގައި ވެސް އިސްކޫލުތަކުގެ ބައިގައި ބައިވެރިވެވޭނީ ކޮންމެ އުމުރުފުރައެއްގައި 7 ދަރިވަރުންނަށެވެ. މަދުވެގެން 5 ދަރިވަރުން ބައިވެރިވާންވާނެއެވެ.

(2) ކޮލެޖް/ ޔުނިވަރސިޓީތަކާއި، ކުލަބް/ ޖަމުޢިއްޔާ/ ޖަމާޢަތްތަކާއި ކުންފުނިތަކާއި އޮފީސްތަކުން މި ދެ މުބާރާތުންކުރެ ކޮންމެ މުބާރާތެއްގައި ވެސް ބައިވެރިވެވޭނީ 5 ބައިވެރިންނަށެވެ. މަދުވެގެން 3 ބައިވެރިން، ބައިވެރިވާންވާނެއެވެ.          

(3) މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ވާހަކައާއި މަޒުމޫނު ހުށައަޅަންވާނެއެވެ. ފޯމު ހުށައަޅާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ނުވަތަ ޑްރައިވިންގ ލައިސަންސުގެ ނަކަލު ހުށަހަޅަންވާނެއެވެ.

(4) މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި ވާހަކައާއި މަޒުމޫނު ހުށައަޅާނެގޮތް

(ހ) ކަރުދާހުން ހުށައަޅާ ނަމަ، ހުށައަޅާނީ ދިވެހިބަހުގެ އެކެޑަމީގެ ކައުންޓަރަށެވެ.

(ށ) އޮންލައިންކޮށް ހުށަހަޅާނަމަ، މަޒުމޫނު ހުށަހަޅާނީ  [email protected] އަށެވެ. އަދި ކުރުވާހަކަ ހުށަހަޅާނީ  [email protected] އަށެވެ.

         

މުބާރާތަށް ތަކެތި ހުށަހެޅުމުގެ ސުންގަޑި

 

(1)     ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 13:30 އެވެ.

 

      މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި، ގަވާއިދާއި މުބާރާތާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން (www.dhivehiacademy.edu.mv) މިހާރު ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންނަމަ މި އެކެޑަމީގެ ނަންބަރު 3028000 ނުވަތަ 3028002 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 

 

 

16 ރަމަޟާން 1439

 

 

31 މޭ 2018
ހޯދާ