ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓާރޝަރީ ސްޓޫޑަންޓް ލޯން ސްކީމް- އޮގަސްޓު 2013

ޓާރޝަރީ ސްޓޫޑަންޓް ލޯންސްކީމް- އޮގަސްޓު 2013 ގެ ދަށުން ލޯނުއެހީ ލިބޭ ދަރިވަރުންގެ ލިސްޓް 10 ޑިސެންބަރު 2013 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި ހުންނާނެއެވެ. ކެންޑިޓޭޓުންގެ ލިސްޓްގައި "ސިލެކްޓެޑް" ޖަހަފައިވާ ދަރިވަރުންނާއި  ސިލެކްޓަޑް ބައި ޑްރޯ ޖަހާފައިވާ ދަރިވަރުންނަކީ މިލޯން ސްކީމަށް ހޮވިފައިވާ ދަރިވަރުންނެވެ. ސިލެކްޓެޑް ބައި ޑްރޯ ޖަހާފައިވަނީ ޕޮއިންޓް އެއްވަރުވުމުގެ ސަބަބުން ގުރުއަތުން ހޮވިފައިވާ ދަރިވަރުންނެވެ.

ލޯނު އެހީ ލިބޭ ކަމުގެ ލިޔުން ދޫކުރުމުގެ ރަސްމިއްޔާތު އޮންނާނީ 15 ޑިސެންބަރު 2013 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ކުއްލިޔަތުލް ދިރާސަތުލް އިސްލާމިއްޔާގެ ހޯލުގައެވެ. ވީމާ މިދުވަހު 16:00 އަށް ލޯނުއެހީ ލިބޭ ދަރިވަރުންނަށާއި އެދަރިވަރުންގެ ބެލެނިވެރިންނަށް މިރަސްމިއްޔާތަށް ހާޒިރުވުމަށް ދަޢުވަތު އަރުވަމެވެ. ދަރިވަރަށް ހާޒިރުވެވެން ނެތް ނަމަ ބަދަލުގައި އެހެން ބޭފުޅަކު ހާޒިރުވުން އެދެމެވެ. ލިޔުމާއި ހަވާލުވާން ވަޑައިގަންނަވާއިރު އެދަރިވަރަކަށް ދޫކޮށްފައިވާ ކެންޑިޓޭޓް ނަމްބަރު ޖަހާފައިވާ ސްލިޕް ގެންނެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376 , 3341381  އާ ގުޅުއްވުން އެދެމެވެ.

10 ޑިސެންބަރު 2013
ހޯދާ