ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
• ރަތަފަންދޫ ކުނިގޮނޑު ބެލެހެއްޓުމުގެ މަސައްކަތް ކޮންޓެކްޓް އުސޫލުން ކޮށްދޭނެފަރާތެއް ހޯދުން

ރަތަފަންދޫ ކުނިގޮނޑު 1 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނޭފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.  

            ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވެލައްވާފަރާތްތަކުން 31 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ  ހެދުނު 10:30 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 6 ޖޫން  2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. 

  • · ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް

1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ

1- ކޮމްޕެނީ ޕްރޮފައިލް

  • މިއިދާރާއިން  ބަލާނެ ކަންތައްތައް

1-      ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟

2-      އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ  ކަމަށް އެކަށީގެންވާ ފަރާތެއްތޯ ؟

  • މާކްސް ދެވޭގޮތުގެ ތަފްސީލު:

 

#

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފްޞީލް

 

1

އަގު

%70

 

v      އެންމެ ގިނަމާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑައަގަކަށެވެ.

 

2

ތަޖުރިބާ

%30

v      އެންމެ ގިނަ މާކުސް ލިބޭ އެންމެގެ ގިނައިން މަސައްކަތްކޮށް ތަޖުރިބާލިބިފައިވާ ކަމުގެ ހެކިތައް ހުށަހަޅާ ފަރާތަކަށެވެ.

24 މޭ 2018
ހޯދާ