އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ ޞިއްޚީމަރުކަޒުގެ ލޯންޑްރީ އެސިސްޓެންޓްގެ މަޤާމް

މި މަރުކަޒުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަޤާމް:

 

ލޯންޑްރީ އެސިސްޓެންޓް

 

މަޤާމްގެ ނަމްބަރ:

J-244106

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ޑިވިޝަން/ ސެކްޝަން

ނަރސިން ޑިޕާރޓްމެންޓް / ޑީ ސެކްޝަން

މަޤާމް އޮތް އޮފީސް

އއ.ބޮޑުފޮޅުދޫ ޞިއްޙީމާރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ.ބޮޑުފޮޅުދޫ ޞިއްޙީމަރުކަޒު

މުސާރަ:

 -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

 -/1000 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް

 -/1200 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

  1. ޞިއްޙީ މަރުކަޒުގައި ބޭނުން ކުރެވޭ ތަކެތި ( ވިއްސާ ކޮޓަރި، ބޭސްއަޅާ ކޮޓަރި، ވޯޑް އަދި ބަލިމީހުންބަލާ ކޮޓަރި ) ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް ދޮވެ ސާފުކޮށް ބެލެހެއްޓުން.
  2. ބެޑްޝީޓް، ބާލީހުއުރަ،އަދި މި ނޫނަސް އިސްތިރިކުރަންޖެހޭ އެންމެހައި ތަކެތި ފަރުވާތެރިކަމާއެކު އިސްތިރިކޮށް ރަނގަޅަށް ބެލެހެއްޓުން.
  3. ދޮންނަ ތަކެތި ޙިދުމަތައް ބޭނުންވާވަރަށް ނާރސަސް ސްޓޭޝަނަށް ދޫކޮށް ތަކެތި ހުސްވިޔަ ނުދީ ބެލެހެއްޓުން.
  4. ލޯންޑްރީތެރެ އަބަދުވެސް ސާފުތާހިރުކޮށް ބެލެހެއްޓުން. 
  5. ލޯންޑްރީގައި ބޭނުންކުރާ މެޝިނަރީއާއި އެހެނިހެންތަކެތި ފަރުވާތެރިކަމާއިއެކު ސާފުކޮށް ރައްކަތެރި ކަމާއިއެކު ބެލެހެއްޓުން
  6. ތަކެތި ދޮވެ އިސްތިރިކުރުމުގައި ފެނާ،ކަރަންޓާއި އަދި އެހެނިހެންތަކެތީގެ ޚަރަދު ވީހާކުޑަކޮށް ބޭނުންކުރުމަށް ވިސްނުން ބަހައްޓައިގެން މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުތު

  1. ލިޔަންކިޔަން އެގުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި ބޮޑުފޮޅުދޫ ޞިއްޚީމަރުކަޒުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިންވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

ހ.މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ،  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

ށ. މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ހ. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ށ. އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖޫން 2018 ވީ ބުދަ ދުވަހުގެ 13:00 ގެ ކުރިން، އއ.ބޮޑުފޮޅުދޫ ޞިއްޙީމަރުކަޒަށް ށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6660862 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

-އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2018 ޖޫން މަހުގެ ތެރޭގައިމިމަރުކަޒުގައެވެ.  ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން، ޖޫން މަހުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެއަދަދު 10 އަށްވުރެ ގިނަނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660862  ނަންބަރު ފޯނަށެވެ.

 

                            12 ރަމަޟޯން 1439

                            27 މެއި 2018

27 މޭ 2018
ހޯދާ