ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް ޢިމާރާތެއް ކުއްޔަށްހިފުމަށް

އޮފީސް ޢިމާރާތެއް ކުއްޔަށްހިފުމަށް

                           

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ބޭނުމަށް އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލެމެވެ.  

ޢިމާރާތް ވާން ޖެހޭނީ 6500 އަކަފޫޓާއި 7500 އަކަފޫޓާއި ދެމެދުގެ ޢިމާރާތަކަށެވެ.  އަދި ޖުމުލަ އަކަފޫޓުހިސާބުކުރުމުގައި، 3 ފަންގިފިލާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 މެއި 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 6 ޖޫން 2018 ވާ ބުދަ ދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

21 މޭ 2018
ހޯދާ