މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުޕިކަޕެއް ގަތުމާއި ބެހޭ

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގައި ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށް ރަށުޕިކަޕެއް ގަތުމަށް ބޭނުންވެއެވެ. މިފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު  ( ޤާނޫނު ނަންބަރު 18/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ

އަންދަސީ ހިސާބު ހުށަހަޅުއްވާނީ

14 މެއި 2018 ވަނަ ދުވަހުގެ 11.00 އަށް ހުޅުދުއްފާރު ކައުންސިލަށް

21 މެއި 2018 ވަނަ ދުވަހުގެ 11.00 އަށް ހުޅުދުއްފާރު ކައުންސިލަށް

 

ވީމާ، ރަށު ޕިކަޕެއް ގަނެދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރ. ހުޅުދުއްފާރު ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައވާ ތާރީޚަށް ރ. ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި އަންނަ މީހާގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

08 މޭ 2018
ހޯދާ